ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ބައެއް ފަރުނީޗަރު ހޯދުމާއިބެހޭ

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ތިރީގައި މި ދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • އެގްޒެކެޓިވް ގޮނޑި
  • ކަބަޑް
  • މޭޒު
  • އެގްޒެކެޓިވް މޭޒު
  • ގޮނޑި
  • ބެންޗް ގޮނޑި (4 ސީޓުގެ)
  • ޝެލްފް
  • މޮބައިލް ޕެޑެސްޓްރިއަލް

(ޢަދަދުތަކާއި ކުރެހުންތައް ބިޑް ޑޮކިއުންޓާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ)

 

       ވީމާ މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 25 އޮގަސްޓު 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ން ފެށިގެން 02 ސެޕްޓެންބަރު 2020 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އާއި ހަމަޔަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 500.00ރ (ފަސްސަތޭކަ ރުފިޔާ) އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 08 ސެޕްޓެންބަރު 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 10:00 ގައި ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ.

 ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 25 އޮގަސްޓު 2020 ވާ އަންގާރަ ދުވަހުން ފެށިގެން 07 ސެޕްޓެންބަރު 2020 ވާ ހޯމަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 07 ސެޕްޓެންބަރު 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

23 އޮގަސްޓް 2020
ހޯދާ