ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އިހަވަންދޫ ޕްރީސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް

     މިރަށު ޕްރީސްކޫލް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކުރުމަށް ބޭނުންވެއްޖެއެވެ.

     ވީމާ، އެމަސައްކަތް ކޮއްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 03 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

     މައުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

     އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ޕްރީސްކޫލް އިމާރާތް ކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތައް ލިޔުއްވައިފައެވެ.

     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23 އޮގަސްޓް 2020
ހޯދާ