ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ލީގަލް އޮފިސަރ (ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓު، މ. މުލީ މެޖިސްޓްރޭޓް ކޯޓު)

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

މާލެ، 

ދިވެހިރާއްޖެ 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 198-A/2020/114

ތާރީޚް: 23 އޮގަސްޓް 2020

މަޤާމު

 ލީގަލް އޮފިސަރ

ރޭންކް: ޖީ.އެސް12-2

ޢަދަދު

 01

މަސައްކަތްކުރަންޖެހޭ ތަން

 ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓު  

 މ. މުލީ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

 -/9,412 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

 -  ޖުޑީޝަލް އެލަވަންސް: 3,294/20 (އަސާސީ މުސާރައިގެ 35%)

 -  ސަރވިސް އެލަވަންސް: -/3,000

 -  ލިވިންގ އެލަވަންސް: -/2,550

 -  ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

 -  ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. ޝަރީޢަތާއި ޤާނޫނު، ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

އެހެނިހެން ޝަރުތު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ވަޒީފާ ހަމަޖެހޭ ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  1- ނިޔާކަނޑައަޅާ މައްސަލަތަކުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ޑްރާފްޓުކުރުން.

  2- ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާކުރުން.

  3- މައްސަލަތައް ދިރާސާ ކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުން.

  4- މައްސަލަތަކުގެ ރިޕޯޓު ތައްޔާރުކުރުމާއި މެޖިސްޓްރޭޓުންނަށް އެހީތެރިވެދިނުން.

  5- އެގްރިމެންޓާއި، ޕަވަރ އޮފް އެޓަރނީއާއި، އެހެނިހެން ލިޔުންތައް ކޯޓުގައި ރަޖިސްޓްރީކޮށް       ތަސްދީޤުކުރުން.

  6- އެކިއެކި ކޯޓުތަކުން ބަޔާން ނެގުމަށް ފޮނުވާ މެސެޖްތަކާއި ގުޅިގެން ބަޔާން ނެގުން.

  7- އެކިއެކި ކޯޓުތަކުން މީހުން ޙާޟިރު ކޮށްދިނުމަށް ފޮނުވާ މެސެޖުތަކާއި ގުޅިގެން އަޅަންޖެހޭ   ފިޔަވަޅުތައް އެޅުން.

  8- ޤާނޫނުތަކާއި ޤަވާއިދުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް އެ މަޢުލޫމާތުތައް   މެޖިސްޓްރޭޓުންނަށް   ފޯރުކޮށްދިނުން.

  9- މެޖިސްޓްރޭޓުގެ ލަފަޔާއި މަޝްވަރާގެ މަތިން ލީގަލް ސެކްޝަނުގެ މަސައްކަތްތައް   ވިލަރެސްކުރުން.

  10- ދާއިރާގެ މެޖިސްޓްރޭޓުންނަށް ބޭނުންވާ ޝަރުޢީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.

  11- މައްސަލަތަކާ ގުޅިގެން ހަދަންޖެހޭ ދިރާސާތައް ކުރުން.

  12- ދާއިރާގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތުގައި އަތޮޅުގެ ކޯޓް   އެޑްމިނިސްޓްރޭޓަރއަށް އެއްބާރުލުން ދިނުން.

  13- އަތޮޅުގެ ކޯޓުތަކުގެ މުވައްޒަފުންނާ ގުޅޭގޮތުން ކޯޓް އެޑްމިނިސްޓްރޭޓަރަށް ދޭންޖެހޭ ލީގަލް ލަފާ   ދިނުން.  

ތަޢުލީމީ ރޮނގު

 ޝަރީޢަތާއި ޤާނޫނުގެ ދާއިރާ

ގުޅޭ ވަޒީފާގެ ދާއިރާތައް

  1. ޝަރީޢަތާއި ޤާނޫނު / ޤާނޫނު.

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަމްޖެހޭ މަޢުލޫމާތު ސްލިޕް.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޖީސީއީ އޯލެވެލް އަދި އޭލެވަލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  9. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  10. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި

 2020 ސެޕްޓެމްބަރ 01 ވާ އަންގާރަ ދުވަހުގެ 13:30ގެ   ކުރިން [email protected]އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި މަޢުލޫމާތު ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • ·     މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340858 / 3340855
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

 ތަޢުލީމް

30%

 ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

 މަސައްކަތު ތަޖުރިބާ

15%

 ޕްރެކްޓިކަލް ޓެސްޓް

20%

 ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ޤާނޫނު އަސާސީއާއި، ކޯޓުތަކާއި ބެހޭ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި މިނޫންވެސް ދިވެހިރާއްޖޭގައި ހެދިފައިހުރި ޤާނޫނުތަކާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ޝަރީޢަތް ކުރުމާއި ބެހޭ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.
  • ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލުކަންހުރުން.
  • ޓީމެއްގެ ގޮތުގައި، ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • ވަޒީފާއާއިބެހޭ ޤާނޫނާއި، ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާ، ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.  
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
     

 

 

23 އޮގަސްޓް 2020
ހޯދާ