މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން::

އިޢުލާން

އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން::

މެރިން އިންޖިނިއަރިންގ ދާއިރާއިން ކުރިޔަށް ދިޔުމަށް ޝައުގުވެރިވާ ފަރާތްތައް ތަމްރީން ކުރުމުގެ ގޮތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ފުރުޞަތު ހުޅުވާލަމެވެ.

ޓްރޭޑިންގ ޑިވިޜަން

މަޤާމް:

އެޕްރެންޓިސްޝިޕް- މެރިން މެކޭނިކް ޓްރެއިނީ

ބޭނުންވާ އަދަދު:           

04

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު  

މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ގަޑިތައް:        

  • އާދީއްތަ- ބުރާސްފަތި – 17:00 - 14:00
  • ހޮނިހިރު- 17:00 – 09:00

މަސައްކަތް ކުރަމްޖެހޭ ތަން:

  • އާފްޓަރ ސޭލްސް ސަރވިސް ޔުނިޓް- ވިލިނގިލި ޓާމިނަލް

ޝަރުޠު                 

  • އުމުރުން 18 އަހަރު ވެފައިވާ ފަރާތެއް ކަމުގައިވުން.
  • ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  •  މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.
  • މަގާމަށް ކެންޑިޑޭޓުން ހޮވުމުގައި މިދާއިރާއިން ތަޢުލީމް ޙާސިލް ކުރަމުންދާ ފަރާތްތަކަށް އިސްކަން ދެވޭނެ.

އެލަވަންސް

  • މަހަކު -/2500ރ

 

އިންޓަރވިއު:

  • މަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާއިތަކާއި އިންޓަރވިއު ކުރުން 25 އޮގަސްޓް އިން 27 އޮގަސްޓް 2020 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 އޮގަސްޓް 2020 ވަނަ ދުވަހުގެ 15:00 ގެ ކުރިން ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ.

ވެބްސައިޓް:  https://mtcc.mv/careers/

ފޯން: 3001100/ 3001149 / 3001141 

އީމެއިލް: [email protected]         

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  •  އަދި މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

19 އޮގަސްޓް 2020

19 އޮގަސްޓް 2020
ހޯދާ