ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް އެއް ކޮޓަރީގެ އެޕާރޓްމަންޓެއް އެއް އަހަރު ދުވަހަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން ބެނުންވެއްޖެ

އިޢުލާން

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށްއެއް ކޮޓަރީގެ އެޕާރޓްމަންޓެއް އެއް އަހަރު ދުވަހަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން ބެނުންވެއްޖެ

 

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަށް 250- 150 ސްކެއަރފޫޓްގެ 1 ކޮޓަރީގެ އެޕާރޓްމަންޓެއް 1 އަހަރު ދުވަހަށް ކުއްޔަށް ހޯދުމަށް ކުރެވުނު ފުރަތަމަ ނަންބަރު IUL)170-PR/170/2020/55) (10 އޮގަސްޓް 2020) އިޢުލާންއާއި ގުޅިގެން ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް އެއްވެސް ފަރާތަކުން ހާޟިރުވެފައިނުވާތީ، އަލުން އިޢުލާން ކުރަމެވެ. ވިމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މި ކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

 

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 26 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ 12:30 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚް، އިޢުލާން ނަންބަރު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

 

މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް ގެޒެޓްގައި ހިމަނާފައިވާނެއެވެ. އަދި މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 26 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން[email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ 3022115 / 3022120 ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

19 އޮގަސްޓް 2020
ހޯދާ