މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ބެލުމުގެ ދަށުގައި ހުރި ލޯންޗް ތަކެއް ބޭނުންނުކުރެވޭވަރަށް ހަލާކުވެފައިވާތީ ދޯނި ނީލަމުގައި ވިއްކާލުމަށް

ނަމްްބަރ: 04171-I2(AMS)/IUL/2020/

  

ނީލަންކިއުން

 

              މޯލްޑިވްސް ޕޮލިސް ސަރވިސް ގައި ބޭނުންކުރަމުން ދިޔަ ބައެއް ލޯންޗްތައް ބޭނުންނުކުރެވޭވަރަށް ހަލާކުވެފައިވާތީ މިތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

 

1-      ނީލަން ކިޔާނީ ހާޒިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަ ބަހުންނެވެ.

2-      ނީލަން ކިއުމަށް ކަނޑައެޅިފައިވަނީ 14 ލޮޓަކަށް ބަހާލެވި ލޮޓުތަކަށް ދެވިފައިވާ އަގުތަކަށްށެވެ.

 

              ވީމާ، ޝައުގުވެރި ވެލައްވާ ފަރާތްތަކުން މި އިޢުލާނާއިއެކުގައިވާ މައުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން އަމަލުކުރަމުން ގެންދިއުމަށް ދަންނަވަމެވެ.

18 އޮގަސްޓް 2020
ހޯދާ