ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުންޏަށް ބޭނުންވާ ސީ.އާރް.އެމް ސޮފްޓްވެއަރ ޑިޒައިންކޮށް އަދި ޑިވަލޮޕް ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

މާލެ، ދިވެހިރާއްޖެ                                                                        

 ނަންބަރު: H-2020/38A

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުންޏަށް ބޭނުންވާ ސީ.އާރް.އެމް ސޮފްޓްވެއަރ ޑިޒައިންކޮށް އަދި ޑިވަލޮޕް ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:H-2020/38 އިޢުލާނާއި ގުޅިގެން މަސައްކަތުގެ މަޢުލުމާތު ބަދުލުވެފައި ވާތީވެ އެއިޢުލާން ބާތިލުކޮށް އަލުން މި މަސައްކަތައް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ.

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން -/1,542 (އެއް ހާސް ފަސް ސަތޭކަ ސާޅީސް ދެއެއް) ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމާއި ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އީމެއިލް އެޑްރެސް އަށް އީމެއިލް ކުރެއްވުންއެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected]

 

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުން

18 އޮގަސްޓް 2020 އިން 31 އޮގަސްޓް 2020

09:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުން

18 އޮގަސްޓް 2020 އިން 31 އޮގަސްޓް 2020

09:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

01 ސެޕްޓެންބަރު 2020 (އަންގާރަ)

11:00 ގައި

އަގު ހުށަހެޅުން

16 ސެޕްޓެންބަރު 2020 (ބުދަ)

11:00 ގައި

 ޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯޒަލުތައް އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފުސީލު

މި މަސައްކަތަށް ހުށައަޅާ ޕްރޮޕޯސަލްތައް އިވަލުއޭޓް ކުރެވޭނީ 2 ސްޓޭޖް އަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ސްޓޭޖްގައި ބެލެވޭނީ ޓެކްނިކަލް ކަންތައްތަކަށްށެވެ. އަދި ދެވަނަ ސްޓޭޖްގައި ބެލެވޭނީ ހުށައަޅާ އަގަށެވެ. ދެވަނަ ސްޓޭޖަށް ދެވޭނީ ފުރަތަމަ ސްޓޭޖްގައި މަދުވެގެން 70 ޕޮއިންޓް ލިބޭ ފަރާތްތަށް އެކަންޏެވެ.

ތަފުސީލް

މާރކްސް

ޕޮއިންޓް

މިފަދަ ސީ.އާރް.އެމް ސޮލިއުޝަން އުފައްދާ، އިންޓަރގްރޭޓް ކުރުމުގެ އަމަލީ ތަޖުރިބާހުރުން

35

35

މަސައްކަތުގެ ސްކޯޕް ފުރިހަމަ ކުރުމަށް ހުށައަޅާފައިވާ ގޮތް، ޑެލިވަރީ އާއި މެތޮޑޯލޮޖީ އަދި ޓެކްނިކަލް ކަންތައްތަކަށް ބަލައި ހުށައަޅާފައިވާ ޕްރޮޕޯސަލްއަކީ ކުރެވޭނެވުރުގެ މަސައްކަތަކަށްވުން

10

10

ޓީމްގެ ގާބިލުކަމާއި އަދި ތަޖުރިބާ ހުރި މިންވަރު

15

15

ޕްރެޒެންޓޭޝަން

30

30

ޖުމްލަ: 90 ޕޮއިންޓް

 

 

 މި މަސައްކަތަށް އަގު ހުށައަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ލިބޭނެ ފަރާތެއް ހޮވުމުގައި ބެލެވޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތެކެވެ. ހަމަމިއާއިއެކު ޕްރޮޕޯޒަލުތައް އިވަލުއޭޓް ކުރުމުގައި ތިރީގައި ދެންނެވިފައިވާ ކަންތައްތަކަށްވެސް ބެލެވޭނެއެވެ.

-       ބިޑް ޑޮކިއުމަންޓްގައި ހިމެނިފައިވާ ހުރި ހުރިހާ މަޢުލުމާތާއި ކަންކަން ފުރިހަމަވެފައިވުން

-       ހުށައަޅާ ފަރާތްތަކުން ކޮށްފައިވާ މިފަދަ އެހެން މަސައްކަތްތަކަށް ބެލުން

-       ހުށައަޅާ ފަރާތްތަކުގެ ކިބައިގައި ގާބިލުކަމާއި ފަންނުވެރިކަން ހުރި މިންވަރު

-       ސޮފްޓްވެއަރ ސަޕޯރޓް ޕްލޭންއަށް ދީފައި ހުރި އޮޕްޝަންތަކައްބަލައި ހުށައަޅާފައިވާ އަގަކީ ވާދަވެރި އަގެއްތޯ ބެލުން

-       މިފަދަ އެހެން ޕޮރޮޖެކްޓް ތަކުގައި ކޮށްފައިވާ މަސައްކަތްތަކައް ދީފައިވާ އަހަންމިއްޔާތުކަމާއި އަދި ފަންނުވެރިކަންހުރި މިންވަރު ބެލުން

-       ސޮފްޓްވެރަރ ޓެސްޓްކޮށް، ޑޮކިއުމަންޓް ކުރުމަށް ހުށައަޅާފައިވާ ހުރި ގޮތަށް ބެލުން

-       މި މަސައްކަތައް އަގު ހުށައަޅާ ފަރާތްތަކުގެ ތެރެއިން މަތީގައި ބަޔާންކުރެވިފައިވާ ކަންކަން ފުރިހަމަވާ ފަރާތްތަކުގެ ކިބައިން ޕްރޮޕޯސަލް އާއި ގުޅޭގޮތުން ޕްރެޒެންޓޭޝަން އެއް ދިނުމަށް އެދެވޭނެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް ތިރީގައި ދެންނެވިފައިވާ ޝަރުތު ފުރިހަމަވާންވާނެއެވެ.

 މި މަސައްކަތަށް އެދި ބީލަން ހުށައަޅާ ފަރާތްތައް ތިރީގައިމިވާ ޝަރުތުތައް ފުރިހަމަ ކުރަންވާނެއެވެ. އަދި ޝަރުތުތައް ފުރިހަމަ ނުވާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް އިވަލުއޭޓް ނުކުރެވޭނެއެވެ.

-       ބީލަން ހުށައަޅާފަރާތަކީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުންޏަކަށްވުން ނުވަތަ ރާއްޖެއިން ބޭރުގައި ސޮފްޓްވެއަރ ޑިވަލޮޕްކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށްވުން

-       ކަސްޓަމަރ ރިލޭޝަން މެނޭޖްމަންޓް (ސީ.އާރް.އެމް) ސިސްޓަމްސް ޑިވަލޮޕްކޮށް އިންޓަރގްރޭޓް ކުރުމުގައި އަމަލީ ތަޖުރިބާހުރި ފަރާތަކަށްވުން

-       ސީ.އާރް.އެމް ސިސްޓަމްސް ޑިވަލޮޕްކޮށް އަދި އެފަދަ ސިސްޓަމްސް ތާރޑް ޕާޓީ އެޕްލިކޭޝަން ޕްރޮގްރާމް އިންޓަރފޭސް (އޭ.ޕީ.އައި) އަދި އޮރެކަލްސް އަދި އެސް.ކިއު.އެލް ސާރވާރ ޑާޓާބޭސް އިންޓަރފޭސް އާއި އިންޓަރގްރޭޓް ކުރުމުގެ އަމަލީ ތަޖުރިބާ ހުރިފަރާތެއްކަމުގައި ވުން.

-       ޕްރޮޖެކްޓް ޑިވަލޮޕްކުރުމުގެ މަސައްކަތް ތިންވަނަ ފަރާތަކަށް (ރާއްޖެ ނުވަތަ ރާއްޖެއިން ބޭރުގެ) ސަބްކޮންޓްރެކްޓް ކޮށްގެން ނުވާނެއެވެ.

-       މަސައްކަތް ކުރުމުގައި ކަމާގުޅޭ ބޭރުގެ ފަންނީ އެހީތެރިކަން ހޯދިދާނެއެވެ. ނަމަވެސް މަސައްކަތުގަ ދާއިމީ ގޮތެއްގައި ދިވެހިން ޝާމިލުކޮށް މިކަމަށް އަހުލުވެރިކޮށް ގާބިލުރުމާއި މި ސިސްޓަމް ދާއިމީ ގޮތެއްގައި ބެލެހެއްޓުމަށް ތައްޔާރުކުރުން.

-       ބީލަން ހުށައަޅާ ފަރާތުގެ ކިބައިގައި މަސައްކަތް ގަޑިއަށް ނިންމުމުގެ ގާބިލުކަން ހުރުން

-       މި މަސައްކަތް ކުރުމަށް ޙާއްސަކޮށްގެން ތިރީގައި މި ބަޔާންކުރާ ފަރާތްތައް މި މަސައްކަތް ކުރާ ޓީމުގައި ތިބެންވާނެއެވެ.

  • ޕްރޮޖެކްޓް މެނޭޖަރ، އަދަދު: މަދުވެގެން 01 (އެކެއް) -ފުލްޓައިމް

އައި.ޓީ ދާއިރާއިންނާއި ޕްރޮޖެކްޓް ބެލެހެއްޓުމުގެ ފަންނީ ގާބިލުކަންހުރުން

  • ސީނިއަރ ޕްރޮޖެކްޓް އެނަލިސްޓް، އަދަދު: 01 (އެކެއް)

ސިސްޓަމް އެންޑް ޑާޓަރބޭސް އާރކިޓެކްޗަރ ޑިޒައިންކުރަން އެގުން

  • ޑިވަލޮޕާރސް، އަދަދު: މަދުވެގެން 03 (ތިނެއް) 

ސޮފްޓްވެއަރ ޑިވަލޮޕްކޮށް، ޑިޒައިންކޮށް، ޓެސްޓްކުރަން އެގުން

 -       މި ޕްރޮޖެކްޓްގައި މަސައްކަތް ކުރުމަށް ކަނޑައެޅޭ ފަރާތްތަކުގެ ސީ.ވީ ޗެކްކޮށް އެމީހުންނާ އިންޓަރވިއު ކުރެވޭނެއެވެ.

-       މި ޕްރޮޖެކްޓްގައި މަސައްކަތް ކުރާ ފަރާތްތަކަކީ މިކަމަށް ޙާއްސަ ކުރެވިފައިވާ ބަޔަކަށްވާންވާނެއެވެ. އަދި މަތީގައި ދެންނެވިފައިވާ ފަރާތްތަކަކީ ފުލްޓައިމްކޮން ޕްރޮޖެކްޓްގައި ބައެވެރިވާ ފަރާތްތަކަށް ވާންޖެހޭނެއެވެ. މި މަސައްކަތް ނިމި ސްޓެލްކޯ އާއި ހަވާލުކޮށް ނިމުމުން ނުނީ އެއްވެސް ޓެކްނިކަލް ފަރާތެއް ޕްރޮޖެކްޓްއިން ވަކިވެގެން ނުވާނެއެވެ. އެއްވެސް ސަބަބަކާހުރެ ކޮންމެހެން ވަކިވާންޖެހޭ ޙާލަތެއްގައި އެކަން ލިޔުމުން ސްޓެލްކޯއަށް އަންގާ ހުއްދަ ހޯދަންޖެހޭނެއެވެ. އަދި މިކަމުގެ ސަބަބުން މަސައްކަތަށް އެއްވެސް ބުރުލެއް ނާންނާނެ ކަމުގެ ޔަގީންކަން މަސައްކަތް ކުރާ ފަރާތުން ސްޓެލްކޯއަށް ދޭންވާނެއެވެ. މިހެން މިކަން ކުރުމަށްޓަކައި މި މަސައްކަތް ނިންމުމަށް ސްޓްލްކޯ އާއިއެކު އެއްބަސްވެފައިވާ މުއްދަތަށް، މި ޕްރޮޖެކްޓްގައި މަސައްކަތްކުރާ ފަރާތްތަކާއި އެކު އެއްބަސްވުމެއްގައި ސޮއެ ކުރަންވާނެއެވެ. 

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000.00 ރުފިޔާ (ވިހި ހާސް ރުފިޔާ) ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބު ކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 100 (އެއް ސަތޭކަ) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެވެ.

28 ޛުލްޙިއްޖާ 1441 

18 އޮގަސްޓް 2020

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338123 / 3338121 ނަންބަރު ފޯނާއެވެ.  
 
18 އޮގަސްޓް 2020
ހޯދާ