މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭގޭގެ ނަރުދަމާ ހޮޅިތައް ހައުސްކަނެކްޝަނާއި ގުޅުމާއިބެހޭ.

 

 

                                   ނަންބަރ:   IUL)285-D/285/2020/40)

އިޢުލާން

ގޭގޭގެ ނަރުދަމާ ހޮޅިތައް ހައުސްކަނެކްޝަނާއި ގުޅުމާއިބެހޭ.

            ރަށުގެ ފެންފަށަލަ ތަޣައްޔަރު ވެފައިވާތާ އެތައް ދުވަހެއްފަހުން ހެނބަދޫ ރައްޔިތުންނަށް އަމިއްލަ ފަރާތަކުން ހަދިޔާކުރެއްވި ނަރުދަމާނިޒާމުގެ ޚިދުމަތް، ސަރުކާރުން ފޯރުކޮށްދެމުންދާތާ އެތައްދުވަހެއް ވީއިރުވެސް، މީހުން ދިރިއުޅޭ ބައެއްގޭގޭގެ ނަރުދަމާ ހޮޅިތައް  ނަރުދަމާ ހައުސްކަނެކްޝަނާ ނުގުޅާކަން ވަނީ ފާހަގަކުރެވިފައެވެ. ރަށުގެ ފެންފަށަލަ ރަނގަޅުކުރެވޭނީ ހުރިހާ ގެއަކުންވެސް ނަރުދަމާއާ ފާޚާނާ ހޮޅިތައް ގުޅައިގެންނެވެ. މިރަށަކީ ނަރުދަމާ ނިޒާމް ޤާއިމްކުރެވިފައިވާ ރަށަކަށްވާތީ، ރަށުގެ ފެންފަށަލައަށް ނަޖިސްފެން ހިންދުވާ ފާޚާނާ ޖަންކުޝަން، މަގުމަތީގައި ހެދުމަކީ މަނާކަމެކެވެ.

            ވީމާ، 15 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ ކުރިން، ހުރިހާ ގެއަކުންވެސް، ފާޚާނާ ހޮޅިފަދަ ނަޖިސްފެން ބޭރުވާ ހޮޅިތައް ނަރުދަމާ ހައުސްކަނެކްޝަނާއި ގުޅުމަށްފަހު، މަގުމަތީގައި ހަދާފައިވާ ޖަންކުޝަންތައް ސާފުކޮށް އުވާލުމަށް އަންގާ އިޢުލާން ކުރަމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓައި އިޢުލާން ކުރީމެވެ.

28 ޛުލްޙިއްޖާ 1441

18 އޮގަސްޓް 2020

                                                   އާދަމް ސަމީރު

                                          ހެނބަދޫ ކައުންސިލްގެ ރައީސް

 

18 އޮގަސްޓް 2020
ހޯދާ