ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ސީނިއަރ ފައިނޭންސް އޮފިސަރ

އިޢުލާނު

 

މަޤާމު:

ސީނިއަރ ފައިނޭންސް އޮފިސަރ  

މަޤާމުގެ ނަންބަރު:

J-326420

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކުޅުދުއްފުށި ކައުންސިލް އިދާރާ، ހދ. ކުޅުދުއްފުށި

މުސާރަ:

7035.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ޓެކްނިކަލް ކޯ އެލަވެންސްގެ ގޮތުގައި  މަހަކު 1969.80 ރުފިޔާ (އަސާސީ މުސާރައިގެ %28)
ސިވިލް ސާރވިސް މުއައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޤާނޫނާއި، ޤަވާއިދު، އުސޫލުތައް އަދި ޑިރެކްޓަރގެ ލަފާގެ މަތިން ބަޖެޓް އެންޑް ފައިނޭންސް ޔުނިޓްގެ ކަންތައް ރާވައި ހިންގައި ބެލެހެއްޓުން
  2. މާލިއްޔަތު ޤަވާޢިދުގައިވާ މުއްދަތުގައި އިދާރާގެ ބަޖެޓް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށާއި އެލް.ޖީ.އޭ އަށް ހުށަހެޅުމާއި ދައުލަތުން ކައުންސިލަށް ކޮންމެ އަހަރަކު ގްރާންޓްގެ ގޮތުގައި ދޫކުރާ ފައިސާ އަށާއި ކައުންސިލްގެ އާމްދަނީއަށް ބަލައިގެން ކައުންސިލުން ފާސްކުރަންޖެހޭ ބަޖެޓް ތައްޔާރުކޮށް ޖެނުއަރީ 15 ގެ ކުރިން ކައުންސިލްގެ އަހަރީ ބަޖެޓް ފާސްކުރުވުން
  3. އެޗް.އާރު. ފޯކަލް ޕޮއިންޓާއި ގުޅިގެން ޤާނޫނުގައިވާ ތާރީޚްގައި މުވައްޒަފުންގެ މުސާރަ ރިލީސް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
  4. ބަޖެޓް އެންޑް ފައިނޭންސް ޔުނިޓުން އެކިފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާއާގުޅޭ ލިޔުންތައް ޤަވާޢިދުން ފުރިހަމަވެފައި ހުރިތޯ ބަލައި ކަނޑައެފައިވާ މުއްދަތެއްގައި ބިލްތަކާއި ލިޔުންތަކަށް ފައިސާ ޙަވާލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން 
  5. އަހަރީ އޮޑިޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް އޮޑިޓް ކުރުވުން  
  6. އިދާރީ ދާއިރާގައި ގާއިމު ކުރެވިފައިވާ ވަސީލަތްތަކުން އެ އަހަރަކު މިނިސްޓްރީ އޮފް ފައިނޭނސްއިން ދެއްވުމަށް ކަނޑައަޅާ ފައިސާ ހޯދައި 5 އަހަރުގެ ފައިނޭންޝަލް ޕްލޭން އެކުލަވާލައި ޢާންމުކުރުން  
  7. ފައިނޭންސް ޝެކްޝަން އަދި ކައުންސިލް އިދާރާގެ ތިޖޫރީއާއި ތިޖޫރީގެ ތަޅުދަނޑި ޙަވާލުވެ ތިޖޫރީގެ ހިސާބުތައް ފުރިހަމަ ކުރުވައި ތިޖޫރީ ރިޕޯޓްތައްޔާރުކޮށް ޤަވާޢިދުން ބެލެހެއްޓުން
  8. މާލިއްޔަތު ޤާނޫނުގައިވާ ގޮތުގެމަތިން ކައުންސިލް އިދާރާއިން ތައްޔާރު ކުރަންޖެހޭ މާލީ ރިޕޯޓް ، މާރޗް މަސް ނިމުމުގެކުރިން ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީ އަށާއި އެލް.ޖީ.އޭ އަށް ފޮނުވުން  
  9. ކައުންސިލަށް އާމްދަނީ ލިބެންޖެހޭ ތަންތަނުގެ ޞައްހަ ރަޖިސްޓްރީއެއް އެކުލަވާލައި އަޕްޑޭޓްކޮށް ބެލެހެއްޓޭނެ ގޮތެއް ހެދުން
  10. ފާއިތުވި މަހުގެ އާމްދަނީ ރިޕޯޓް ހިނގާ މަހުގެ 10 ގެ ކުރިން ނިންމާ ޢާއްމުކުރުވުން
  11. ކައުންސިލްގެ ހުރިހާ އެކައުންޓްތަކަކުން ފާއިތުވި މަހު ލިބުނު އާމްދަނީ އަދި ކުރެވުނު ޚަރަދުގެ ރިޕޯޓް ، ހިނގާ މަހުގެ 10 ގެ ކުރިން ނިންމެވުން  
  12. ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުން އެގްރީމެންޓާ އެއްގޮތަށް ކުލި ލިބެމުންދޭތޯ ބަލައި ކުލި ނުދައްކާ ފަރާތްތަކުން ކުލި ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން  
  13. ކައުންސިލަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ހޯދުމުގެ އެންމެހާ މަސައްކަތްތައް ކުރުން  
  14. ކައުންސިލް އިދާރާއަށް ފައިސާ ބަލައިގަންނަ ސިސްޓަމް ހަރުދަނާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ސިސްޓަމް އަޕްޑޭޓްކޮށް ފައިސާ ބަލައިގަތުމެގެ މަސައްކަތް ކުރުން  
  15. ކައުންސިލަށް ބަލައިގަންނަ ފައިސާ ޤަވާޢިދުން ބޭންކަށް ޖަމާވަމުންދޭތޯ ޔަޤީންކުރުން
  16. ބަޖެޓް އެންޑް ފައިނޭންސް ޝެކްޝަންއަށް ފޮނުވާ ސިޓީ އަދި މެސެޖްތަކަށް ޖާވާބު ތައްޔާރު ކުރުން
  17. ފައިސާ އަދި ބަޖެޓާއި ގުޅޭ ހުރިހާ ލިޔެކިޔުމެއް އިލެކްޓްރޯނިކްކޮށް ބެކްއަޕްކޮށް ފައިލް ކުރުން
  18. ޔުނިޓްގެ މުވައްޒަފުންގެ ޕާފޯމަންސް އެޕްރައިޒަލް ނިންމަންޖެހޭ ތާރީޚަށް ނިންމުން
  19. ކައުންސިލްގެ ބަޖެޓް މެނޭޖްކޮށް ބެލެހެއްޓުން 
  20. ޔުނިޓްގެ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކޮށް މުވައްޒަފުންނަށް ދޭންޖެހޭ ނަޞޭޙަތްދީ ފިޔަވަޅު އަޅަންޖެހޭ ޙާލަތްތަކުގައި އެޗް.އާރު ފޯކަލް ޕޮއިންޓާއި ގުޅިގެން ފިޔަވަޅު އެޅުން
  21. ފިތުރު ޒަކާތް ބަލައިގަތުމާއި ފިތުރު އަދި މުދަލު ޒަކާތް ބެހުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން
  22. ކައުންސިލްގެ ހުރިހާ އެކައުންޓެއް ރިކޮންސައިލްކޮށް ބެލެންސް ކުރުން
  23. ކައުންސިލް އިދާރާގެ ބެލުމުގެ ދަށުން ހިންގައި އެންމެހާ ތަންތަނުގެ ބަޖެޓް ހޯދުމުގެ މަސައްކަތްކޮށް ބަޖެޓް މެނޭޖް ކުރުން
  24. ޝެކްޝަންއިން ތައްޔާރު ކުރަންޖެހޭ ލިޔެކިޔުންތަކާއި ރިޕޯޓްތައް ތައްޔާރުކޮށް ބެލެހެއްޓުން
  25. ކައުންސިލުން ބަޖެޓް ބަލަހައްޓާ އެހެނިހެން އިދާރާކުގެ ފައިނޭންޝަލް ހިންގުން މޮނިޓަރ ކުރުން
  26. އެހެން ފަރާތްތަކަށް ރައްދުކުރަންޖެހޭ ފައިސާ ގަވައިދާއި އުސޫލުތަކުގެ ތެރެއިން ރައްދު ކުރުން

މަޤާމުގެ ޝަރުޠުތައް:

  1. އެކައުންޓިން ނުވަތަ ފައިނޭންސްއާއި ގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ފައިނޭންސް ނުވަތަ އެކައުންޓިން ދާއިރާއެއްގައި މަދުވެގެން 2 އަހަރު ތަޖުރިބާ ލިބިފައިވުން.

 

 

ނުވަތަ

2. އެކައުންޓިން ނުވަތަ ފައިނޭންސްއާއި ގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން  

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.  
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)    މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
  2. މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު
  3. މަސައްކަތު ހުނަރާއި ފެންވަރާއި ޤާބިލްކަމާއި، ސިފަތައް އިންޓަވިއު ޕެނަލްއަށް ސާބިތުކޮށްދޭ މިންވަރު   

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (27 އޯގަސްޓް 2020) ގެ (14:00) ގެ ކުރިން، (ކުޅުދުއްފުށި ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
ކޮވިޑް-19 ރޯގާއާއި ގުޅިގެން ސަރުކާރު އޮފީސްތައް ނުހުޅުވާ ދުވަސްތަކުގައި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީ-މެއިލް މެދުވެރިކޮށް އެކަންޏެވެ. އިދާރާގެ އީ-މެއިލްއަށް ފޯމު ލިބުމުން އެކަން ފޯމު ހުށައެޅުއްވި ފަރާތަށް އީ-މެއިލް މެދުވެރިކޮށް އެންގޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (30 އޯގަސްޓް 2020) އާއި (30 ސެޕްޓެމްބަރ 2020) އާ ދެމެދު، (ކުޅުދުއްފުށި ކައުންސިލްގެ އިދާރާ) ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6527181) އަށެވެ. އީ-މެއިލް ކުރާނީ ([email protected]  (އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

18 އޮގަސްޓް 2020
ހޯދާ