މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނިން ނައްތާލަން ބޭނުންވާ، ތަކެތި ގަންނާނެ ފަރާތެއް ހޯދުމާއި ގުޅޭ

މި ކުންފުނިން ނައްތާލަން ބޭނުންވާ، ތިރީގައި ދެންނެވިފައިވާ ތަކެތި ގަންނާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިތަކެތި ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

މުދަލުގެ ބާވަތް

  1. ބައުދަގަނޑު
  2. ކަޅުތެޔޮ
  3. ބޭނުންކޮށްފައިވާ ޓަޔަރު

 

2.

ރަޖިސްޓަރީވުން

  24 އޯގަސްޓް 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް [email protected] ގެ ޒަރިއްޔާއިން

(ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

 

 

މުދާ ބެލުން

 24 އޯގަސްޓް 2020 ވަނަދުވަހުގެ 16:00 ގައި/ އެމް.ޕީ.އެލް ސަރަހައްދުގައި

 

4.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

 26 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ 13:00 އަށް  އެމް.ޕީ.އެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށަހަޅާ ގޮތަށް އަދި އަގު ހުށަހަޅާއިރު އައިޓަމްތަކަށް ވަކިން ތިރީގައިވާ ގޮތަށް އަގު ހުށަހެޅުމަށް ދަންނަވަމެވެ.

 

  • ބައުދަގަނޑު: ކިލޯއަށް
  • ކަޅުތެޔޮ: ފީފާއަށް
  • ޓަޔަރު: ސައިޒް ވަކިން ޓަޔަރަކަށް

 

5.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

 އަގު ހުށަހަޅާ ފޯމް، އަމިއްލަ ފަރާތެއްނަމަ އައިޑީކާޑް ކޮޕީ އަދި ކުންފުންޏެއްނަމަ ކުންފުނީގެ

 ރަޖިސްޓަރީގެ ކޮޕީ

 

               

                  މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:3039255 އެވެ. އަދި އީމެއިލް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން[email protected]  އަށް އީމެއިލް ކުރެއްވުން އެދެމެއެވެ.

17 އޮގަސްޓް 2020
ހޯދާ