މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
(ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްގެ ބޭނުމަށް މޭޒުތަކުގައި އިއުލާނާއި އެއްކަރުދާސް ކުރެވިފައިވާ ގޮތަށް ޕާޓިޝަން ޖެހުމާއި ގުޅޭ

ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓަށް މޭޒުތަކުގައި ޕާޓިޝަން ޖެހުމަށް" ބޭނުންވެގެން 23 ޖުލައި 2020 ގައި ކުރެވުނު އިޢުލާން ނަމްބަރ128(IUL)438-GCF/438/2019/  މައުލޫމާތު އިތުރު ކުރުމަށްފަހު ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރު ކުރަމެވެ.

 

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ  24  އޮގަސްޓް 2020 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން ހުށަހެޅޭނީ މި މަސައްކަތުގެ ޕްރީ-ބިޑް މީޓިންގ އަށް ހާޒިރުވިފަރާތްތަކަށް އެކަންޏެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން (އަދަދު) ދުވަސް އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޖީ.ސީ.އެފް ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް،

ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

މާފަންނު، މާލެ، 20392 ދިވެހިރާއްޖެ.

ފޯން: +(960) 301 8388/399

ވެބްސައިޓް: http://www.environment.gov.mv

           އީ-މެއިލް [email protected]

   (މަޝްރޫޢު ނަން)

   އިޢުލާނު ނަންބަރު:

17 އޮގަސްޓް 2020
ހޯދާ