ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީ ކައުންސިލަށް މެންބަރުން ހޯދުމާގުޅޭ

 

ކެޕިޓަލް މާކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލަކީ އޮތޯރިޓީގެ ގަވާއިދު ނަންބަރު 63-އާރު/2020 (ކެޕިޓަލް މާކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލުގެ ގަވާއިދު) ގެ ދަށުން، އޮތޯރިޓީން ބޭނުންވާ ޝަރީޢާ ލަފަޔާއި ރޫލިންގ ފޯރުވައިދިނުމައްޓަކައި އުފައްދާފައިވާ ކައުންސިލެކެވެ. ކެޕިޓަލް މާކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލްގެ ގަވާއިދު އޮތޯރިޓީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ކައުންސިލުގެ ގަވާއިދުގެ ދަށުން 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވޭ އައު ކައުންސިލެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލަމެވެ.

 

ކައުންސިލް މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް:

  • ޝަރީޢާއިން ނުވަތަ ފިޤްހު ނުވަތަ އުޞޫލުލް ފިޤްހު ނުވަތަ ފިޤްހު އަލްމުޢާމަލާތުގެ ރޮނގުން މާސްޓަރޒް ޑިގްރީއެއް ހާސިލުކޮށްފައިވުން، ނުވަތަ؛
  • ބައިނަލްއަޤްވާމީ ސެކިއުރިޓީޒް ކޮމިޝަނެއް ނުވަތަ ކެޕިޓަލް މާކެޓް ރެގިއުލޭޓްކުރާ ރެގިއުލޭޓަރީ އޮތޯރިޓީއެއްގެ ހުއްދަ ލިބިފައިވާ ނުވަތަ ރަޖިސްޓަރީކޮށްފައިވާ ޝަރީޢާ އެޑްވައިޒަރެއް ކަމުގައިވުން، ނުވަތަ؛
  • އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ ތަޖުރިބާ، އިސްލާމިކް ކެޕިޓަލް މާކެޓުގެ ދާއިރާއިން، ނުވަތަ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ލިބިފައިވުން.

 

ކައުންސިލްގެ ޒިންމާތައް:

  • އޮތޯރިޓީން ހުށަހަޅާ މައްސަލަތަކުގައި ޝަރީޢާ ލަފާ އަދި ރޫލިންގ ދިނުން؛
  • އޮތޯރިޓީއިން ރެގިއުލޭޓްކުރާ ފަރާތަކުން ހުށަހަޅާ މައްސަލައެއްގައި ޝަރީޢާ ލަފާ އަދި ރޫލިންގ ދިނުން؛
  • އިސްލާމިކް ކެޕިޓަލް މާކެޓް ދެމެހެއްޓުމުގައި ފޯރުވައިދޭންޖެހޭ އެހެންވެސް ޝަރީޢާ ލަފާ ނުވަތަ ރޫލިންގ ދިނުން.

ހުށަހަޅަންޖެހޭ މަޢުލޫމާތު:

  • މެމްބަރުކަމަށް ޝައުގުވެރިކަން ފާޅުކޮށް ފޮނުވާ ސިޓީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ

 

އިނާޔަތްތައް:

  • ކައުންސިލްގެ ކޮންމެ ބައްދަލުވުމަކަށް 1,500.00 ރުފިޔާ.

 

ވީމާ، ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލައްވަން ބެނުންފުޅުވާ ފަރާތްތަކަށް 26  އޮގަސްޓު  2020 ވާ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާތީ، މެންބަރުކަމަށް އެދި ފޮނުވާ ސިޓީއާއެކު މަތީގައި ދަންނަވާފައިވާ މައުލޫމާތު މިއޮތޯރިޓީއަށް އީމެއިލް ([email protected] ) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. 

 

ގަވާއިދު ލިންކު: ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ ގަވާއިދު

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިއޮތޯރިޓީގެ ނަންބަރު 3336619 ފޯނަށް ގުޅުއްވުން އެދެމެވެ.

16 އޮގަސްޓް 2020
ހޯދާ