މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ދަފްތަރުގައި ރަޖިސްޓްރީވުމާއި ބެހޭ

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                           ނަމްބަރ:IUL)331/331/2020/34)

 

 

 

އިޢުލާން

 

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ދަފްތަރުގައި ރަޖިސްޓްރީވުމާއި ބެހޭ

 

              އެއްގަމު ދަތުރުފަތުރުގެ ޤާނޫނު 5/2009 ގެ 15 ވަނަ މާއްދާގެ (ށ) ގައި، ދިވެހިރާއްޖޭގެ ކޮންމެ ރަށަކުން ނުވަތަ ސިޓީއަކުން ނުވަތަ ސަރަހައްދަކުން، އެ ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ އެސަރަހައްދެއްގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީގެ ދަފްތަރެއް ޤާއިމްކޮށް ދަތުރުފަތުރާ ބެހޭ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގަމަތިން ބަލަހައްޓަމުން ގެންދަންވާނެކަމަށް ބުނެފައިވެއެވެ. އެހެންކަމުން މިރަށުގައި ދުއްވާ އެއްގަމު އުޅަނދު ފަހަރު، މިއިދާރާގައި ޤާއިމް ކުރެވިފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ދަފުތަރުގައި ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.

            ދަފުތަރުގައި އުޅަނދު ރަޖިސްޓްރީކުރުމަށްޓަކައި މިއިދާރާއިން ދޫކުރާ "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދަފްތަރުގައި ރަޖިސްޓްރީކުރުމަށް ބޭނުންވާ މަޢުލޫމާތު ޝީޓް" ފުރުއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިޝީޓް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ވެސް ދަންނަވަމެވެ.

17 އޮގަސްޓް 2020
ހޯދާ