އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ދިއްގިރި ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

އދ. ދިއްގިރި ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

            މިކައުންސިލާއި ބެލެހެއްޓުން ޙަވާލުކޮށްފައިވާ އދ.ދިއްގިރި ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ރަށް ވަގުތީގޮތުން ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި 26 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ 11:30 ގެ ކުރިން މިއިދާރާއަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.

މި ރަށާއި ގުޅޭ މަޢުލޫމާތާއި، ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ތަކެތި އެނގޭނެ މަޢުލޫމާތު ޝީޓް މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. ހުށައެޅޭ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ 26 އޯގަސްޓް 2020 ވާ ބުދަ ދުވަހު 11:30 ގައި މިއިދާރާގެ ފަރާތުން އެކަމަށް ބޭއްވޭ އޮންލައިން ބައްދަލުވުމަށް، ޕްރޮޕޯސަލް ހުށަހަޅާ ހުރިހާ ފަރާތްތަކަށް ލިންކް ފޮނުވާލުމުން، ބައިވެރިވެލައްވާ ފަރާތްތަކުގެ ހާޟިރުގައެވެ.

 

                16 އޯގަސްޓް 2020            

                26 ޛުލްޙިއްޖާ 1441                

              

 

                                                           (ސޮއި)     

                                             ޢަލީ ނަޞީރު    

                                              އދ.އަތޮޅު ކައުންސިލްގެ ރައީސް

16 އޮގަސްޓް 2020
ހޯދާ