މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ހިންމަފުއްޓާއި މާލެއާއި ދެމެދު ދަތުރުކުރާ ދޯންޏެއް ކުއްޔަށް ހިފުމަށް ބޭނުން ވެއްޖެ.

މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ ކ. ހިންމަފުށި (އައްސޭރި ޖަލު)ގައި ހުކުމް ތަންފީޒް ކުރަމުންގެންދާ ޤައިދީންނާއި ބަންދުމީހުން އަދި އެ ޖަލުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން މާލެ އާއި ހިންމަފުއްޓާއި ދެމެދު ދަތުރުކުރުމަށްޓަކައި ދޯންޏެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް  ކުރެވުނު ނަންބަރ- (IUL)167-PR/167/2020/33  އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ ޝަރުތުތައް ހަމަނުވާތީވެ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ.

 އަންދާސީ ހިސާބު ހުށަހެޅުން: 27 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ، 13:00 އަށް

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި އިޢުލާނާއިއެކު މަޢުލޫމާތު ކަރުދާސް ހިމެނިފައިވާނެއެވެ.  

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

16 އޮގަސްޓް 2020
ހޯދާ