ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް

(މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ. މިވަޒީފާއަކީ ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން އުޖޫރަ ދެވޭ ވަޒީފާއެކެވެ.)

މަޤާމް އޮތް ޔުނިޓް:

ކޯޕަރޭޓިވް އެފެއާރޒް ޔުނިޓް

ދާއިރާ:

ބަޖެޓް އެންޑް ފައިނޭންސް

މުސާރައާއި އެލަވަންސް:  

މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 285/- (ދުއިސައްތަ އަށްޑިހަ ފަހެއް) ރުފިޔާ.

މި މުސާރަ ކަނޑައެޅިފައިވަނީ މި މަޤާމުގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު ޖުމްލަ 4,465/- (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ އާއި ސާރވިސް އެލަވަންސަށް މަހަކު ޖުމްލަ  1,500/- (އެއްހާސް ފަސްސަތޭކަ) ރުފިޔާ،  ސަޕޯޓިންގ ކޯ އެލަވަންސަށް މަހަކު ޖުމްލަ 700/-(ހަތްސަތޭކަ) ރުފިޔާ އަދި އިތުރުގަޑީގެ ފައިސާއަށް މަހަކު އެވަރެޖްކޮށް 745/- (ހަތްސަތޭކަ ސާޅީސް ފަހެއް) ރުފިޔާ ހިމެނޭގޮތުންނެވެ.

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

  • ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް،
  • ހޮނިހިރު ދުވަހު 10:00 އިން 14:00 އަށް އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި.

ތަޢްލީމީ ފެންވަރު:

1-   ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

2-   ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

3-   ސާނަވީ ނުވަތަ އެއާއި އެއްފަންވަރުގެ އިމްތިޙާނަކުން ދަށްވެގެން ޑީ ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް އިމްތިޙާނަކުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ނުވަތަ

4-   ގްރޭޑް 10 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތުގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ޚިދުމަތް ލިބިގަންނަ ފަރާތްތަކާއި މުޢާމަލާތުކުރުމުގެ ހުނަރު.
  2. މައިކްރޯސޮފްޓް ވޯޑް ، އެކްސެލް ބޭނުންކޮށްގެން ލިޔުންތައް ތައްޔާރުކުރުމާއި މަޢްލޫމާތު ލިޔެ ބަލަހައްޓަން އެނގުން.
  3. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން.    

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ބިލްތަކަށް ފައިސާ ބަލައިގަތުމާއި ޑެއިލީ ބެލެންސް ޝީޓް ފުރިހަމަ ކުރުން.
  2. ޕަރޗޭސް އޯޑަރ ފޯމުތައް ޗެކު ކުރުމާއި ބިލް އެންޓްރީ އަދި ޗެކް ރަޖިސްޓްރީ ފުރިހަމަކޮށް ފައިނޭންސް އޮފިސަރގެ އިރުޝާދުގެ ދަށުން ލިޔުންތައް ތަރުތީބުކޮށް ފައިލްކުރުން.
  3. ޕޭމަންޓް ވައުޗަރުތައް ތައްޔާރުކޮށް ފުރިހަމަ ކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކޮށް ޗެކު ތައްޔާރުކުރުން.
  4. ކައުންޓަރުން ބަލައިގަންނަ ފައިސާ ގުނައި ޙިސާބުކޮށް، ބޭންކަށް ޑިޕޮސިޓް ކުރުން.
  5. މުވައްޒަފުންގެ މުސާރައާއި އުޖޫރަ ޙިސާބު ކުރުމާއި ފައިސާއާއި ބެހޭ ރިޕޯޓްތައް ތައްޔާރުކޮށް ރީކޮންސައިލް ކުރުމާއި އަހަރީ މާލީ ބަޔާން ތައްޔާރު ކުރުމާއި އަހަރީ ބަޖެޓް ތައްޔާރު ކުރުމުގައި ފައިނޭންސް އޮފިސަރަށް އެހީތެރިވުން.

 

  1. އިދާރާއިން ކުރިޔަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި މަސައްކަތުގެ ދާއިރާގެ ތެރެއިން ސުޕަރަވައިޒަރު  ޙަވާލުކުރާ މަސައްކަތްތައް ކުރުން.
  2. މުދަލު ޒަކާތާއި ފިތުރު ޒަކާތް ބަލައިގަތުމާއި ބެހުމުގެ މަސައްކަތް ކުރުން.
  3. ކައުންސިލްގެ އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.   

ހުށަހަޅަންޖެހޭ ލިޔުންތައް:

1-   ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް.

2-   ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   ތަޢްލީމީ ސަނަދުތުތަކުގެ ކޮޕީ.

4-   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

18 އޮގަސްޓް 2020 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

12 އޮގަސްޓް 2020
ހޯދާ