ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އަންދާސީ ހިސާބު ބެނުން ވެއްޖެ                 

   މިއަތޮޅުގައި  ލެބޯޓްރީގެ ޚިދުމަތް ލިބެންނެތް މިދަންނަވާ ސިއްހީމަރުކަޒު ތަކުން އެންމެގާތުން  ލެބޯޓްރީގެ  ޚިދުމަތް  ލިބެންހުރި މަރުކަޒަކަށް ސާމްޕަލްތައް ގެންގޮސްގެން ޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖައްސާ އެކަމާބެހޭ ދަތުރުތައް ކޮށްދިނުމަށް މިހާރު ހަވާކުރެވިފައިވާ ފަރާތްތަކަށް ދެވިފައިވާ ކޮންޓްރަކްޓްގެ މުއްދަތު 15 ސެޕްޓޭމްބަރ 2020 ގެނިޔަލަށް ހަމަވާތީ  ހުކުރުދުވަސް ފިޔަވާ ކޮންމެ  ދުވަހަކު އެއްފަހަރު (ހުކުރުދުވަސް ނުވަތަ ސަރުކާރު ބަންދު ދުވަހެއްގައިވެސް އެމަރުކަޒަކުން އެދިއްޖެނަމަ)1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ލޯންޗްގައި މިމަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ 23 އޯގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ 12.00 އަށް މިހޮސްޕިޓަލަށް ނުވަތަ ޚިދުމަތް ފޯރުކޮށްދޭން ކަނޑައަޅާފައިވާ ރަށްރަށުގެ ސިއްހީމަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށްފަހު   30 އޯގަސްޓް 2020 ވާ އާދިއްތަދުވަހުގެ 13.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި މަރުކަޒަކަށެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.

ދަތުރުތައް ކުރަންޖެހޭ ގޮތް:

މަގޫދޫން   މަނަދުއަށް

މިލަދޫން    މަނަދުއަށް

ޅޮހިން      މަނަދުއަށް

ފޮއްދޫން     ހޮޅުދުއަށް

ހެނބަދޫން   ކެނދިކުޅުދޫއަށް

ކުޑަފަރީން    ލަންދުއަށް

މާޅެންދޫން    ލަންދުއަށް

މާފަރުން    ލަންދުއަށް  

 

                               13 އޯގަސްޓް  2020

13 އޮގަސްޓް 2020
ހޯދާ