ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ 132/11kV ސަބްސްޓޭޝަން މަސައްކަތުގެ ގްރިޑް ދިރާސާކޮށް، ޑިޒައިން ރިވިއުކޮށް އަދި ސުޕަރވައިޒް ކުރުމަށް ކޮންސަލްޓެންސީގެ ޙިދުމަތްދޭނެ ފަރާތެއް ހޯދުމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

މާލެ، ދިވެހިރާއްޖެ                                                                                        

 ނަންބަރު: H-2020/54

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ 132/11kV ސަބްސްޓޭޝަން މަސައްކަތުގެ ގްރިޑް ދިރާސާކޮށް، ޑިޒައިން ރިވިއުކޮށް އަދި ސުޕަރވައިޒް ކުރުމަށް ކޮންސަލްޓެންސީގެ ޙިދުމަތްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް އަގުހުށަހެޅުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. 

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން -/770 (ހަތް ސަތޭކަ ހަތްދިހަ) ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމާއި ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އީމެއިލް އެޑްރެސް އަށް އީމެއިލް ކުރެއްވުންއެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected]

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމަށް

16 އޮގަސްޓް 2020 އިން 28 އޮގަސްޓް 2020

09:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުމަށް

16 އޮގަސްޓް 2020 އިން 28 އޮގަސްޓް 2020

09:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

30 އޮގަސްޓް 2020 (އާދިއްތަ)

11:00 ގައި

އަގު ހުށަހެޅުން

09 ސެޕްޓެންބަރު 2020 (ބުދަ)

11:00 ގައި

މިޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯޒަލުތައް އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފުސީލު

-       އަގަށް: 100 ޕޮއިންޓް

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު ×100

މި ބީލަމުގައި ބައިވެރިވުމަށް ތިރީގައި ދެންނެވިފައިވާ ޝަރުތު ފުރިހަމަވާންވާނެއެވެ.

-       132kV އާއި އެއަށްވުރެ މަތީ ވޯލްޓޭޖްގެ އަންޑަރގްރައުންޑް ޓްރާންސްމިޝަން އަދި ސަބްސްޓޭޝަން ޑިޒައިންކުރުމާއި އިމާރާތްކޮށް އަދި ކޮމިޝަން ކުރުމާއި ގުޅޭ 03 ޕްރޮޖެޖްޓްގައި މަދުވެގެން މަސައްކަތްކޮށް ތަޖުރިބާ ހުރި ފަރާތަކަށްވުން.

-       ތަޖުރިބާ ހުރި ފަރާތެއް ކަމުގައި ބެލެވޭނީ މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

 މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000.00 (ވިހި ހާސް) ރުފިޔާ ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބު ކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 100 (އެއް ސަތޭކަ) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެވެ.

23 ޛުލްޙިއްޖާ 1441 

13 އޮގަސްޓް 2020

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338123 / 3338121 ނަންބަރު ފޯނާއެވެ.  
 
13 އޮގަސްޓް 2020
ހޯދާ