ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދު ކުނިކަހާ ސާފްކޮށް ބެލެހެއްޓުން އައުޓްސޯސް ކުރުމާއި ބެހޭ

އިޖުތިމާއި ސަރަހައްދު ކުނިކަހާ ސާފްކޮށް ބެލެހެއްޓުން އައުޓްސޯސްކުރުމާއި ބެހޭ:

 

           ކައުންސިލުން ކަނޑައަޅާ މަގުތަކާއި އިޖްތިމާއީ ސަރަހައްދުތައް ކުނިކަހައި ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

          ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 އޮގަސްޓް 19 ވާ ބުދަ ދުވަހުގެ 11:30 ނެއްލައިދޫ ކައުންސިލްގެ އިދާރާއިން މައުލޫމާތު ސާފްކުރެއްވުމަށްފަހު 2020 އޮގަސްޓް 27 ވާ ބުރާސްފަތި ދުވަހު 11:30 އަށް ނެއްލައިދޫ ކައުންސިލް އިދާރާއަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފްކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވެން ނެތް ވާހަކަވެސް ދަންނަވަމެވެ. އެހެންފަރާތެއްގެ ބަދަލުގައި މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ސިޓީއެއް ހުށައެޅުވުން އެދެމެވެ. އެއް ފަރާތަކަށް އެއްފަހަރާ މައުލޫމާތު ސާފްކުރެވޭނީ އެއްފަރާތުގެ ހައިސިއްޔަތުންނެވެ.

           މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.   

23 ޛުލްޙިއްޖާ 1441

13 އޮގަސްޓް   2019

13 އޮގަސްޓް 2020
ހޯދާ