ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ނ.ފޮއްދޫ އައު އިންޖީނުގެ ޢިމާރާތް ކުރުމާއި ގުޅޭ:

ނަންބަރު: FNK-I/IUL/2020/079

އިސްލާހް - 02

އިޢުލާން

ނ.ފޮއްދޫ އައު އިންޖީނުގެ ޢިމާރާތް ކުރުމާއި ގުޅޭ:

     މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން ސަރުކާރުން އަޅަމުންގެންދާ ހަރުދަނާ ފިޔަވަޅުތަކުގެ ދަށުން، މި ކުންފުނީގެ މުވައްޒަފުންނާއި، ކުންފުންޏާ ގުޅުންހުރި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި ކުންފުނިން ދަނީ ގިނަގުނަ ފިޔަފަޅުތަކެށް އަޅަމުންނެވެ. އެގޮތުން ސަރުކާރުން ފުރަބަންދު އިޢުލާން ކުރުމާއި ގުޅިގެން މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުމުގެ ތާރީހަށް ވާނީ ބަދަލުގެނެވިފައެވެ. އަދި، ނ.ފޮއްދޫގައި މި ކުންފުނީގެ އައު އިންޖީނުގެ އަމިއްލަ ތަކެތީގައި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާނުގެ މަސައްކަތަށް ބަދަލު ގެނެވިފައިވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ކުރެހުން އަދި ބީ.އޯ.ކިޔު ހިމެނިފައިވާ ސީ.ޑީ ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް ހިއްސާކުރެވޭނެކަމުގައި ދަންނަވަމެވެ.

 

ތާރީޚް

ވަގުތު

ބިޑް ގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުން

16 އޮގަސްޓް އިން 17 އޮގަސްޓް

09:00 - 13:00  

މައުލޫމާތު ސާފްކުރެވޭ އެންމެ ފަހު ތާރީޙް

20 އޮގަސްޓް 2020

14:00 މެންދުނު

އަންދާސީ ހިސާބު ހުށަހެޅުން

24 އޮގަސްޓް 2020

13:00 މެންދުރު

ނޯޓް: މި އިޢުލާނާއި ގުޅިގެން ހުޅުވާލެވުނު ފުރަތަމަ ރަޖިސްޓްރޭޝަންގައި ބައިވެރިވެލެއްވި ފަރާތްތަކުން އަލުން ރަޖިސްޓަރ ކުރައްވަން ޖެހިވަޑައި ނުގައްނަވާނެއެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ[email protected] އަށެވެ.

 

12 އޮގަސްޓް 2020
ހޯދާ