މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީ މަސައްކަތްތެރިން ރަޖިސްޓްރީކުރުމާގުޅޭ

އިޢުލާން

ބިދޭސީ މަސައްކަތްތެރިން ރަޖިސްޓްރީކުރުމާގުޅޭ

މިކައުންސިލްގެ އުޞޫލު ނަންބަރު 2020/1 ރ.މަޑުއްވަރީއަށް ބިދޭސީން ގެނައުމާއި ގެންގުޅުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލުގެ 6 ވަނަ މާއްދާގައި، އުޞޫލަށް ޢަމަލުކުރަން ފަށާއިރު ރަށުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު މިއުޞޫލަށް ޢަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި ކައުންސިލުން އިޢުލާނު ކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މި ބިދޭސީންނާއި ޙަވާލުވެފައިތިބި ފަރާތްތަކުން މިއުޞޫލުގެ ޖަދުވަލު 1 ގައިވާ "ބިދޭސީން ރަޖިސްޓަރީ ކުރުމާއި ގުޅޭ ފޯމު – EXP-01" ފުރިހަމަކޮށް ކައުންސިލަށް ހުށަހަޅަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި އުޞޫލުގެ 20 ވަނަ މާއްދާގައި ބަޔާންކުރާގޮތުން ރަށުގައި ހިމެނޭ ސަރުކާރުގެ މުއައްސަސާތަކުގެ ޙަވާލުގައި ތިބި ބިދޭސީ މަސައްކަތުމީހުން މިމަރުހަލާއިން އިސްތިސްނާވެއެވެ.

އެހެންކަމުން، އިސްތިސްނާވާ ބިދޭސީ މަސައްކަތު މީހުން ފިޔަވައި، ރަށުގައި ދިރިއުޅޭކަމަށް މިކައުންސިލްގެ ރިކޯޑްތަކުން ދައްކާ ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ލިސްޓު މިއިޢުލާނާއެކު އާންމުކުރަމެވެ. މިލިސްޓުގައި ހިމެނޭ ބިދޭސީ މަސައްކަތު މީހުންނާއި އަދި ލިސްޓުގައި ނުހިމެނުނު ކަމުގައި ވީނަމަވެސް، ރަށުގައި ދިރިއުޅޭ ބިދޭސީ މަސައްކަތު މީހުންނާއި ޙަވާލުވާން ބޭނުންވާ ފަރާތްތަކުން ބިދޭސީން ރަޖިސްޓަރީ ކުރުމާއި ގުޅޭ ފޯމު ފުރިހަމަކުރުމަށްފަހު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2020 އޮގަސްޓު 19 ވާ ބުދަ ދުވަހުގެ 14:00 އެވެ.

މިދެންނެވި ތާރީޚުގެ ފަހުން ރަޖިސްޓްރީނުކޮށް ރަށުގައި ތިބި ބިދޭސީ މަސައްކަތުމީހުން ރަށުން ފޮނުވާލުމުގެ މަސައްކަތް ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުން ގެންދާނެ ވާހަކަވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6580026 އާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.                     

12 އޮގަސްޓް 2020
ހޯދާ