މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ތުޅާދޫގައި ހިނަވާގެއެއް އަޅާދޭނެ ފަރާތެއް ހޯދުމަށް

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ކައުންސިލުން ކަނޑައަޅާ ތަނެއްގައި ހިނަވާގެއެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

#

ތަފްޟީލް

ތާރީޚް

ގަޑި

ތަން

1

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

23 އޮގަސްޓް 2020

10:00

ކައުންސިލްއިދާރާގެ ޖަލްސާކުރާ މާލަމް

2

އަންދާސީ ހިސާބު ހުށަހެޅުން

31 އޮގަސްޓް 2020

10:00

ކައުންސިލްއިދާރާގެ ޖަލްސާކުރާ މާލަމް

 

އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރަ ބޭރުގައި "ހިނަވާގެ ޢިމާރާތް ކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އެގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އެސްޓިމޭޓްތަކާއި ކަނޑައެޅިފައިވާ ގަޑީގެފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަނީ އަމިއްލަ ފަރުދެއްނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް އަދި ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ އެތަނެއްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ އަންދާސީ ހިސާބާއެކު ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި، މިއިދާރާގެ ނަންބަރު 6600006 ފޯނާއި ގުޅުއްވުން އެދެމެވެ.

12 އޮގަސްޓް 2020
ހޯދާ