ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑު ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިކައުންސިލުން ދޭ ކުރެހުމާއި އެއްގޮތަށް މިރަށުގައި ފުޓުސަލް ދަނޑެއް އަމިއްލަ ތަކެތީގައި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

             ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ޢަމަލުކުރެއްވުމަށް ދަންނަވަމެވެ.

 

1 . ބިޑުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  17 އޯގަސްޓް 2020 ވާ ހޯމަ  ދުވަހު 13:00 ގެކުރިން ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

2 . މި މަސައްކަތާ ގުޅޭ ޕްރީބިޑް މީޓިންގ އޮންނާނީ  23 އޯގަސްޓް 2020 ވާ އާދިއްތަ ދުވަހު 13:00ގައި ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާގައެވެ.

3 . ބިޑް ހުޅަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ  27 އޯގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އިސްދޫ ކައުންސިލްގެ އިދާރާގައެވެ.

               ނަންނޯޓު ކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހިގެން ޕްރީބިޑް މީޓިންގް އަށް ވަޑައިގަންނަވާ ފަރާތްތަކާއި އަދި ގަޑިޖެހިގެން ބިޑުހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ބިޑުގައި ބައިވެރިވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ. އަދި މިކަމަށް އެދި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ލިބިވަޑައިގަންނަވާނީ މަޢުލޫމާތު ސާފުކުރުމުގެ 01 ފުރުޞަތެވެ.        

               ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 އޮގަސްޓް 2020
ހޯދާ