މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިރުވެލި މާލަން ދޫކުރުމުގެ އުޞޫލު

  

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

Secretariat of the Maduvvaree Council, North Maalhosmadulu

  

2020/2

އިރުވެލި މާލަން ދޫކުރުމުގެ އުޞޫލު

12 މާރިޗު 2020

 

އިރުވެލި މާލަން ދޫކުރުމުގެ އުޞޫލް

  1. އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޚިލާފު އެއްވެސް ޚަރަކާތެއް މިމާލަމުގައި ހިންގައިގެން ނުވާނެއެވެ.
  2. އިރުވެލި މާލަން ދޫކުރާނީ، އެމާލަމުގައި ހިންގަން ގަސްދުކުރާ ޙަރަކާތް ބޭއްވުމަށް ބޭނުންވާ ތާރީޚްގެ 24 ގަޑިއިރު ކުރިން މާލަން ހޯދުމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުންނެވެ.
  3. ދަޢުލަތުގެ މުއައްސަސާތަކާއި ސަރުކާރު އޮފީސްތަކުގެ ރަސްމީ ބޭނުންތަކަށް ފިޔަވައި އެހެނިހެން ފަރާތްތަކަށް މާލަން ދޫކުރެވޭނީ ތިރީގައިވާ ތާވަލުގައި ބަޔާންކުރާ އަގުތަކަށެވެ.

އިރުވެލި މާލަން ދޫކުރުމަށް ހަމަޖެހިފައިވާ އަގުތައް

1

ޖަލްސާ / ސެމިނާ / ވާކޮޝޮޕް އަދި ޓްރެއިނިންތައް ހިންގުން

-/500

2

ކައިވެނިޕާޓީ / އުފަންދުވަހުގެ ޕާޓީ / އެހެނިހެން ޕާޓީތައް

-/1000

3

ފިލްމު އެޅުވުން

-/1000

4

އެހެނިހެން ބޭނުންތަކަށް

-/500

  1. އިރުވެލި މާލަން ހޯދުމަށް އެދޭ ފޯމާއެކު ފައިސާ ދައްކަންވާނެއެވެ.
  2. އިރުވެލި މާލަމުގައި ހިންގާ ހުރިހާ ޙަރަކާތެއް ހިންގަންވާނީ ޢާއްމުއިޖްތިމާޢީ މިންގަނޑުތަކާއި އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.
  3. އިރުވެލި މާލަމުގައި ހިންގާ ހުރިހާ ޙަރަކާތްތަކެއްގައިވެސް، ތަނުގެ ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.
  4. މާލަން ބޭނުންކުރުމުގެ ތެރޭގައި ތަނަށް ނުވަތަ އެއްޗަކަށް ލިބޭގެއްލުމަށް މާލަން ބޭނުންކުރުމަށް ނަގާފައިވާ ފަރާތުން ޒިންމާ ވާންވާނެއެވެ. އަދި ހަލާކުވެ ނުވަތަ ގެއްލުން ލިބިފައިވާ އެއްޗެއްގެ ބަދަލު ދޭންވާނެއެވެ.
  5. އިރުވެލި މާލަން ބޭނުންކުރުމުގައި ތަނުގައި އުފެދޭކުނި، ކައުންސިލްގެ ކުނިއުކާލުމާއި ކުނިނައްތާލުމުގެ އުޞޫލާއި އެއްގޮތަށް، މާލަން ބޭނުންކުރާ ފަރާތުން ނައްތާލަންވާނެއެވެ.
12 އޮގަސްޓް 2020
ހޯދާ