ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޑްރައިވަރ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 19/(IUL)95-A/1/2020

ތާރީހް: 11 އޮގަސްޓް 2020

މަގާމް:       

ޑްރައިވަރ

ރޭންކް: SS2

ކޯޓް / ސެކްޝަން

ހައިކޯޓު

ބޭނުންވާ ޢަދަދު: 01

މުސާރައާއި ޢިނާޔަތްތައް

އަސާސީ މުސާރަ

-/3470 ރުފިޔާ

ސަރވިސް އެލަވަންސް                

-/1000 ރުފިޔާ

ލިވިންގ އެލަވަންސް

-/2850 ރުފިޔާ

ޖުޑީޝަލް އެލަވަންސް  (މުސާރައިގެ %45)

 އަދި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާދެވޭނެއެވެ.

މަޤާމުގެ  ޝަރުތު:

1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބި، އެ މުއްދަތުގެ ތެރޭގައި މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބިފައިވުން.

ނުވަތަ

2-  މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

  1. ހައިކޯޓްގެ ބޭނުމަށްޓަކައި، ހައިކޯޓުން ހުއްދަކުރާ ދަތުރުތައްކުރުމާއި، ފަނޑިޔާރުންނާ ކޯޓްގެ މުވައްޒަފުން ގޮވައިގެން ކަނޑައެޅިފައިވާ ތަންތަނަށް ގަޑިއަށް ގެންދިޔުމާއި އަނބުރާ ގެނައުމާއި، އޮފީހަށް ގަންނަތަކެތި ވެހިކަލްގައި އޮފީހަށް ގެނައުން.
  2. ވެހިކަލްގެ މަރާމާތުތައް އޮފީހުގެ ހުއްދައާއެކު ޤަވާޢިދުން ކުރަމުން ގެންދިޔުމާއި، ވެހިކަލަށް ބޭނުންވާ ތެޔޮ މަދުނުވާ ވަރަށް އަޅާފައި ބެހެއްޓުމާ، ކޮންމެ ތިންމަހުން އެއްމަހު އަޑީތެޔޮ ބަދަލުކުރުން.
  3. ވެހިކަލް ދޮވެ ސާފުކޮށް ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި، އަދި ވެހިކަލް ސާފުތާހިރުކޮށް ބެލެހެއްޓުމަށް ބޭނުންވާނެ ސާމާނު ހޯދުން.  
  4. ވެހިކަލަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ އެކަމެއް ވަގުތުން އޮފީހަށް އެންގުން.
  5. ރައްކާތެރި ތަނެއްގައި ރައްކާތެރި ގޮތެއްގައި އުޅަނދު ބޭއްވުމާއި،  އުޅަނދު ދުއްވުމުގަޔާއި ޕާކް ކުރުމުގައި ސަރުކާރުން ހަދާފައިވާ ޤަވާއިދުތަކަށް ފަރުވާތެރިވުން.

 6. ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތެއް ކުރަންޖެހިއްޖެނަމަ އެމަސައްކަތެއްކުރުން.

މީގެ އިތުރުން ވެރިންއަންގަވާ އޮފީހުގެ ރަސްމީމަސައްކަތް ކުރުމާ، ނުރަސްމީގަޑީގައި ވެސް ވެރިންއަންގަވާ ރަސްމީމަސައްކަތް ކުރުން. 

ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރައްވާ އެއްގަމުގައި އިންޖީނުލީ އެއްޗެތި ދުއްވުމުގެ (ކެޓަގަރީ B1)  ލައިސަންސްގެ ކޮޕީ،
  3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަޑު ޖަހާފައިވާ އަސްލު)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނު ކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ އަދި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް)
  5. ގްރޭޑް 5 އަކުން ފެށިގެން މަތީ ގްރޭޑެއްގައި އުޅުނުކަމުގެ ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯ ކޮޕީ ނުވަތަ އަސާސީ ތަޢުލީމްގެ ފެންވަރަށް ތަކެތި ލިޔަން ކިޔަން ދަންނަ ކަން އަންގައިދޭ ލިޔުން،
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

 

 

ސުންގަޑި 

25 އޮގަސްޓް 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓް ( ތީމުގެ، އާބުރުޒުހިނގުން ) ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން  (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. ނަންބަރު 3325029 އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

 

11 އޮގަސްޓް 2020
ހޯދާ