ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ބިލެތްދޫ ކައުންސިލް އިދާރާއިން އެއްގަމުދުއްވާ އުޅަނދު ފަހަރުގެ ސީޒޯން ލައިސަންސް ދޫކުރުމާއި ގުޅޭ

ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ފަހަރުގެ ސީޒޯން ލައިސަންސް ދޫކުރުމުގެ ހުއްދަ މިއިދާރާއަށް ވަނީ ލިބިފައެވެ. އެހެންކަމުން އެއްގަމު ލައިސަންސްގެ ހިދުމަތް ދިނުން 16 އޯގަސްޓް 2020 ވާ އާދިއްތަ ދުވަހުން ފެށިގެން މިއިދާރާއިން ކުރިއަށް ގެންދެވޭނެއެވެ. އަދި މިތާރީޚުން ފެށިގެން ކޮންމެ ހަފްތާއެއްގެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގައި އެއްގަމު ލައިސަންސް ދޫކުރުމުގެ ޚިދުމަތް ކުރިއަށް ގެންދެވޭނެއެވެ. އަދި މިކަމާއިގުޅޭ އިމްތިހާނު ދިނުން މިދުވަސްތަކުގެ ހެނދުނު 9:00 އިން 13:00 އަށް ކުރިއަށްގެންދެވޭނެއެވެ.  ނަމަވެސް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 މެންދުރުފަހު 14:00 އަށް ލައިސަންސް ދޫކުރުމަށް ބޭނުންވާ ފޯމް މިއިދަރާއިން ދޫކުރެވޭނެއެވެ

 ލައިސަންސް ފޯމުގައި ހިމެނޭ އަގުތަކުގެ އިތުރުން 02 ފޮރޮޅުލީ އުޅަނދުފަހަރަށް 25ރ (ފަންސަވިސްރުފިޔާ) އަދި 04 ފޮރޮޅުލީ އުޅަނދުފަހަރަށް 35ރ (ތިރީސްފަސްރުފިޔާ) ނެގޭނެއެވެ. އަދި ދުއްވުމުގެ އިމްތިޙާނުގައި ބޭނުންކުރާ އުޅަނދު ހޯދާނީ އެ ބައިވެރިޔަކު އަމިއްލައަށެވެ. ވީމާ، މިކަން ރައްޔިތުންގެ މައުލޫމާތަށްޓަކައި އާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

11 އޮގަސްޓް 2020
ހޯދާ