މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ އެޗްސީއެފްސީ ގޭހުގެ ބަދަލުގައި ބޭނުންކުރާ ފްލޭމަބަލް ރެފްރިޖަރެންޓްތައް ބޭނުންކުރާއިރު އަމަލު ކުރާނެގޮތުގެ އަތްމަތީ ފޮތް ދިވެހި ބަހަށް ތަރުޖަމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތަށް ހުޅުވާލުން

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއްކަމުގައިވާ މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރގެ ދަށުން 2020ގެ ނިޔަލަށް އެޗް.ސީ.އެފް.ސީ ބޭނުން ކުރުން ހުއްޓާލުމަށް ޤައުމީ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ އެޗްސީއެފްސީ ގޭހުގެ ބަދަލުގައި ބޭނުންކުރާ ފްލޭމަބަލް ރެފްރިޖަރެންޓް ތައް ބޭނުންކުރާއިރު އަމަލު ކުރާނެގޮތުގެ އަތްމަތީ ފޮތް ދިވެހި ބަހަށް ތަރުޖަމާކުރުމަށް އެކުލަވާލާނޭ ފަރާތެއް ބޭނުންވެއްޖެއެވެ.

މި މަސައްކަތް އަދި ބީލަމާބެހޭ އިތުރު މައުލޫމާތު މި އިއުލާނާއެކު އެޓޭޗްކޮށްފައިވާ "ޓާރމްސް އޮފް ރެފަރެންސް" ގައި ހިމެނިފައިވާނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން،އީމެއިލް-އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.

 ބީލަން ހުށަހަޅާނީ 23 އޯގަސްޓް 2020ވާ އާދީއްތަ ދުވަހުގެ  11:00 ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ރިސެޕްޝަނަށްށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 23 އޯގަސްޓް 2020 ވާ އާދީއްތަ ދުވަހުގެ  11:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 18 އޯގަސްޓް 2020  ވާ އަންގާރަ ދުވަހު 13:00  ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected]

 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ހިގަމުންދާ ގްރީން ބިލްޑިންގ އަދި އެނެކްސް ބިލްޑިން އިމާރާތް އިންޝުއަރެންސް ކުރުމަށް

އިޢުލާނު ނަންބަރު: (IUL)438-ENV/438/2020/127

ހުށަހެޅީ؛

(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)
 

ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ.

10 އޮގަސްޓް 2020
ހޯދާ