ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޗީފް އެޑްމިނިސްޓްރޭޓަރ

ވަޒީފާގެ ފުރުޞަތު

ނަންބަރު:198A/2020/103 

ތާރީޚް: 10 އޮގަސްޓް 2020

މަޤާމު

ޗީފް އެޑްމިނިސްޓްރޭޓަރ

ރޭންކް: އީ.އެކްސް 3

ޢަދަދު

01

ކްލެސިފިކޭޝަން

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް 

މަސައްކަތްކުރަންޖެހޭ ތަން

ދިވެހިރާއްޖޭގެ ހައިކޯޓު

އަސާސީ މުސާރަ

-/11,065 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް: 4,979/25 (އަސާސީ މުސާރައިގެ %45)

- ސަރވިސް އެލަވަންސް: -/2,000

- ލިވިންގ އެލަވަންސް: -/2,850

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

 1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު

 • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
 • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

ޖެނެރަލް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް

 • ފަނޑިޔާރުންގެ ދަތުރުތަކާއި، ކޯޓުން ކުރާ އެހެނިހެން ރަސްމީ ދަތުރުތައް އިންތިޒާމްކޮށް ބެލެހެއްޓުން.
 • ކަމާބެހޭ އިދާރާތަކަށް ޙަވާލުކުރަންޖެހޭ ލިޔެކިޔުންތަކާއި، ކޯޓު އަމުރުތަކާއި، ފައިސާ ޖަމާކުރުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.
 • ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީޢަތްތަކުގެ "ދުވަހު ތާވަލު" ކޮންމެ ދުވަހަކު ތައްޔާރުކޮށް އީ- ނޯޓިސްބޯޑަށާއި ކޯޓުގެ ވެބްސައިޓަށް އަޕްލޯޑު ކުރުމާއި، ކޯޓުގެ ވެބްސައިޓް ޤަވާޢިދުން އަޕްޑޭޓް ކުރަމުންދޭތޯ ބެލުން.
 • އޮފީސް ހުޅުވާ ލެއްޕުމުގެ އިންތިޒާމް ހަމަޖެއްސުން.
 • ނައިޓް ކޯޓުގައި މަސައްކަތް ކުރަންޖެހޭ މުވައްޒަފުންގެ ޑިއުޓީ ތާވަލް ތައްޔާރު ކުރުމާއި، ޑިއުޓީގައި ތިބޭ ހުރިހާ ފަނޑިޔާރުންނާއި، މުވައްޒަފުންނަށް އެކަންތައް އެންގުމުގެ އިންތިޒާމް ހަމަޖެއްސުން.
 •  ކޮންމެ ދުވަހެއްގަ މުއްދަތަށް ޙާޒިރުކުރެވޭ ފަރާރްތަކުގެ މަޢުލޫމާތު ކަމާގުޅުން ހުރި ފަރާތްތަކާ ގުޅައިގެން ހޯދުމާއި، އެ މަޢުލޫމާތު ޙިއްޞާކުރުމަށް ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން އަޕްޑޭޓް ކުރުމާއި ފަނޑިޔާރުންނަށް އެންގުން.
 • ޝަރީޢަތްތަކާ ގުޅިގެން ދައުލަތުގެ ގުޅުންހުރި އިދާރާތަކަށާއި ޢާންމުންނަށް ފޮނުވަންޖެހޭ ކޯޓު އަމުރުތައް ޙަވާލުކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
 • ރަސްމީ ގަޑީގައި ކޯޓާއި ފަނޑިޔާރުންގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމާއި، ކޯޓަށް ޙާޟިރުވާ ފަރާތްތަކުގެ ހަރަކާތްތައް މޮނިޓަރކޮށް ކޯޓުގައި ހިނގާ ހާދިސާތައް ބަލައި ރިޕޯޓް ކުރުމުގެ އެންމެހައި އިންތިޒާމަތްތައް ބެލެހެއްޓުން.
 • ކޯޓަށް ހުށަހެޅޭ ލިޔެކިއުންތަކާއި ތަކެތި ސެކްޝަންތަކާ ހަވާލުކުރުމުގެ މަސައްކަތް ދުވަހުން ދުވަހަށް ކުރިއަށްދޭތޯ ބެލުމާއި، ޑިސްޕެޗް ކުރަންޖެހޭ ލިޔުންތައް ކަމާބެހޭ މުވައްޒަފުންލައްވައި ކުރުވުމުގެ އިންތިޒާމް ހަމަޖެއްސުން.
 • ނިމިފައިވާ ފައިލްތައް އަރުޝީފަށް ފޮނުވުމަށް ތައްޔާރުކުރުވުމާއި އަރުޝީފަށް ފޮނުވޭ ފައިލްތަކުގެ ރެކޯޑް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.
 • ޑިޕާޓްމަންޓަށް ފޮނުވަންޖެހޭ ކޯޓުގެ ތަފާސް ހިސާބުތައް، ސެކްޝަންތަކުން ހޯދާ ތައްޔާރުކޮށް ފޮނުވުމާއި، ނައިޓްކޯޓާ ގުޅޭގޮތުން ކޮންމެ މަހަކު ފޮނުވަންޖެހޭ ރިޕޯޓުތައް ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން.
 • ޝަރީޢަތްތަކާ ގުޅިގެން ހޯދަންޖެހޭ ތަރުޖަމާނުން ހޯދުމާއި އެ ފަރާތްތަކާއެކު އެއްބަސްވުންތައް ހަދައި، ޝަރީޢަތް ހިންގޭނެ އިންތިޒާމު ހަމަޖެއްސުން.
 • ޝަރީޢަތްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދީ ޝަރީޢަތް ހިންގުމަށްޓަކައި ކޯޓުރޫމްތައް ތައްޔާރުކޮށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން.
 • ކޯޓުގެ ބެނުމަށް ހޯދިފައިވާ އުޅަނދުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެތަކެތި މަރާމާތު ކުރުމަށް ބޭނުންވެއްޖެ ޙާލަތެއްގައި މަރާމާތުކުރުމުގެ އެންމެހާ މަސައްކަތް ހިންގާ ބެލެހެއްޓުން.
 • ކޯޓު ހުންނަ ޢިމާރާތުގެ ގޯތިތެރެއާއި، ކޯޓުތެރެ ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.
 • ކޯޓުގެ މެއިންޓެނެސްއަށް ދުވަހުން ދުވަހަށް ބޭނުންވާ ކަންތައް ދަނެގަނެ އެކަންތައް ހައްލުކުރެވޭނެ އިންތިޒާމް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުން.
 • ވަޒީފާއަށް މީހުން ހޯދުމަށް އިޢުލާނު ކުރުމާއި ވަޒީފާއަށް އެދޭ މީހުންގެ އެޕްލިކޭޝަންތައް ބަލައިގަނެ އިވެލުއޭޓްކޮށް، އިންޓަވިއުކުރުމުގެ ކަންތައްތައް ބެލެހެއްޓުމާއި، ވަޒީފާ ހަމަޖެއްސުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، މުވައްޒަފުން ވަޒީފާއަށް ނެރުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
 • މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ޤަވާޢިދުން ބަލައި، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތު ފެންވަރު ބެލުނު މުވައްޒަފުންގެ ޕާރފޮމަންސް އެޕްރެއިޒަލް ފޯމުތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން.
 • މަޤާމުތަކުގެ ދަފްތަރާއި މުވައްޒަފުންގެ ދަފްތަރު ޤަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.
 • މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމާއި، މަޤާމުގެ ކުރިއެރުން ދިނުމަށް ޓަކައި ޑިޕާޓްމަންޓުން ކަނޑައަޅާ އުޞޫލަކުން އެ މަސައްކަތް ކުރުން.
 • ކޯޓަށް ބޭނުންވާ އެކިއެކި މުދަލާއި، ވަޞީލަތްތަކާއި، ޚިދުމަތްތައް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ އުޞޫލާ އެއްގޮތަށް ހޯދުމުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސައި ބެލެހެއްޓުން.
 • ކޯޓުގެ ބޭނުމަށް ހޯދިފައިވާ ހުންނަ އެންމެހާ މުދަލުގެ ދަފްތަރު ބަލަހައްޓައި، ދައުލަތުގެ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ އުޞޫލާ އެއްގޮތަށް އެތަކެތި ބޭނުންކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ރައްކާތެރިކަމާއެކު އެތަކެތި ބެލެހެއްޓޭނޭ އިންތިޒާމް ހަމަޖެއްސުން.
 • ކޯޓުގެ މުދަލާއި ވަޞީލަތްތަކުގެ ތެރެއިން، އެއެއްޗެއް ބޭނުން ކުރުމަށްޓަކައި ދައުލަތަށް ނުވަތަ އެހެންވެސް ފަރާތަކަށް ފީ އެއް ނުވަތަ އެއްވެސް އަގެއް ދައްކަންޖެހޭނަމަ އެކަން ޤަވާޢިދުން ކުރެވޭކަން ކަށަވަރު ކުރުން.
 • ކޯޓަށް ނަގާ އެކިއެކި ފީތަކާއި އަދި އެހެނިހެން ގޮތްގޮތުން ކޯޓަށް ދައްކަންޖެހޭ ފައިސާ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދާއި އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އަންގާ ގޮތެއްގެ މަތީން ބަލައިގަނެ، އެފައިސާގެ ހިސާބު ބަލަހައްޓައި ކަނޑައެޅިފައިވާ ގޮތުގެމަތީން އެފައިސާއާމެދު ޢަމަލުކުރުން.
 • ކޯޓުގެ ޢިމާރާތްތަކާއި އެހެނިހެން މުދާ ރަނގަޅު ފެންވަރެއްގައި ބެލެހެއްޓުމާއި ކުރަންޖެހޭ އެންމެހައި މަރާމާތުތައް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް، ރާވައި ހިންގުން.
 • މިނިސްޓްރީ އޮފް ފިނޭންސް އާއި ޑިޕާޓްމަން އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން  އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ކޯޓުގެ ބަޖެޓް ތައްޔާރުކޮށް ހުށަހެޅުން.
 • ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓާ އެއްގޮތަށް ޕްރޮގްރާމްތަކާއި ހަރަކާތްތައް ރާވައި ޕްރޮކިޔޮމަންޓް ޕްލޭން އެކުލަވައިލުން.
 • ބަޖެޓް ހިސާބުތައް ރެކަންސައިލްކޮށް ބެލެހެއްޓުން.
 • ކޯޓުގެ މަސައްކަތްތަކަށް ބުރުލެއް އެރިޔަނުދީ ހިންގުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ހޯދުމަށްޓަކައި ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ދުރާލައި ދެނެގަނެ ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ހުށަހެޅުން. 
 • ކޯޓަށް ޙާޟިރުވެ މަޢުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމާއި، ކޯޓުގެ މަޢުލޫމާތު ހިމެނޭ ފޮތްތަކާއި ލީފްލެޓްފަދަ ތަކެތި އަޕްޑޭޓްކޮށް ބެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
 • ރެކޯޑް ސާފުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
 • ކޯޓުގެ ސްޓްރެޓީޖިކް ޕްލޭނާއި، އަހަރީ  އެކްޓިވިޓީ ކަލަންޑަރާއި ޗުއްޓީ ކަލަންޑަރު އެކުލަވައިލުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.
 • ކޯޓުގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ސެކްޝަންތަކުން ހޯދައި، އަހަރީ ރިޕޯޓް އެކުލަވައިލުމުގެ އިދާރީ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
 • މިނޫންވެސް، ކޯޓުގެ ޢާންމު އިދާރީ މަސައްކަތާ ގުޅުންހުރި އެންމެހާ މަސައްކަތް ހިންގާ ބެލެހެއްޓުން.

ހިއުމަން ރިސޯސް ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް

 • ކޯޓަށް އަލަށް ހަމަޖެހޭ މުވައްޒަފުންނަށް އިންޑަކްޝަން ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ތައްޔާރުކުރުމާއި، އިންޑަކްޝަން ޕްރެޒެންޓޭޝަން ތައްޔާރުކުރުމާއި، ޕްލޭންއާ އެއްގޮތަށް އިންޑަކްޝަން ކުރިއަށް ގެންދިއުމާއި، އެކަމާގުޅޭ އެންމެހައި މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
 • ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކުގެ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ދެނެގަނެ، އެފަދަ އިންހައުސް ޓްރެއިނިންގތައް ގެންދިއުމާއި، އަދި ޖުޑީޝަލް އެކެޑަމީން ހިންގާ ޓްރެއިނިންގ ޕްރޮގްރާމްތަކުން މުވައްޒަފުންނަށް ފުރުޞަތު ހޯދައިދިނުމަށް މަސައްކަތްކުރުން.
 • ކޮންމެ މީލާދީ މަހެއްގައި ކޯޓުގެ ފަނޑިޔާރުންނާއި، މުވައްޒަފުންނަށް މުސާރައާއި، އިނާޔަތްދިނުމަށްޓަކައި ކުރަންޖެހޭ އެންމަހާ މަސައްކަތް ހިންގާ ބެލެހެއްޓުން.
 • ކޯޓުގެ މުވައްޒަފުންނަށް ތަމްރީން ބޭނުންވާ ދާއިރާތައް ދެނެގަނެ، ރައްޖެއިންނާއި ރާއްޖެއިން ބޭރުން، މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ އިދާރާތަކާ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ގުޅިގެން ކުރިއަށް ގެންދިއުން.
 • ފަނޑިޔާރުންނާއި، މުވައްޒަފުންގެ ޙާޟިރީ ދުވަހުން ދުވަހަށް ޗެކްކުރުމާއި، ސަލާމާއި ޗުއްޓީގައި ތިބޭ ފަރާތްތަކުގެ ރެކޯޑްސް މެމްސް ސޮފްޓްވެރއަރގެ ތެރެއިން ދުވަހުން ދުވަހަށް އަޕްޑޭޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސުން.
 • މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި، ވަޒީފާގެ އެއްބަސްވުމާއި، ވަޒީފާގެ އިޤްރާރާއި، އަދި މި ނޫންވެސް ވަޒީފާއާ ގުޅޭ އެންމެހައި ލިޔުންތައް ތައްޔާރުކޮށް އެ މުވައްޒަފުންނާ ޙަވާލުކުރެވުނުކަން ކަށަވަރުކުރުން.
 • މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ހިންގާ ބެލެހެއްޓުން.
 • ކޯޓުގެ މުވައްޒަފުންގެ ތެރެއިން ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާއި، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ފަރުވާ ކުޑަކުރާ ފަރާތްތަކަށް ޤަވާޢިދާ އެއްގޮތަށް އިސްލާޙީ ފިޔަވަޅު އެޅުމާއި، އެކަންކަމާ ބެހޭ ރެކޯޑުތައް ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
 • މުވައްޒަފުންނަށް ރެކްރިއޭޝަން ހަރަކާތްތައް ރާވައި، އިންތިޒާމްކޮށް ހިންގުން.
 • މުވައްޒަފުން މަސައްކަތަށް އަހުލުވެރިކޮށް، މުވައްޒަފުންގެ މެދުގައި ޚިދުމަތްދިނުމުގެ ރޫޙު އުފައްދައި އެ ކޯޓުތަކުގެ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް ޤާއިމްކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 • ފަނޑިޔާރުންނާއި، ޑިޕެންޑެންޓުންގެ އިންޝުއަރެންސްއާ ގުޅޭ މަސައްކަތް ބެލެހެއްޓުން.
 • ފަނޑިޔާރުންނާއި، މުވައްޒަފުންގެ ރެކޯޑްސްތައް ޤަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
 • މުވައްޒަފުންނާ ގުޅިގެން ހުށަހެޅޭ ޝަކުވާގެ މައްސަލަ ތަޙްޤީޤްކޮށް ބެލުމުގެ އެންމެހާ މަސައްކަތް ހިންގާ ބެލެހެއްޓުން.
 • ފަނޑިޔާރުންނާއި، މުވައްޒަފުން ވަޒީފާއާއި ގުޅޭގޮތުން ދޫކުރަންޖެހޭ ލިޔުންތައް ދޫކުރުން.
 • ކޯޓުގެ އިދާރީ އޮނިގަނޑު ޑިޕާޓްމަޓުން ކަނޑައަޅާ އުޞޫލަކުން އެކުލަވާލުން.
 • ކޯޓަށް އަލަށް އިތުރުކުރަންޖެހޭ މަގާމުތައް ދެނެގަނެ މަގާމު އިތުރު ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
 • ކޯޓުގެ ފަނޑިޔާރުންގެ ޙާޒިރީގެ މަޢުލޫމާތު، ޑިޕާޓްމަންޓުން ކަނޑައަޅާ ފޯމެޓަކާ އެއްގޮތަށް ތައްޔާރުކޮށް، މަހަކު އެއްފަހަރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.

ޕްރޮކިޔުމަންޓް އަދި ފައިނޭންސްގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް

 • ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި މާލިއްޔަތުގެ ޤަވާޢިދާއި ޑިޕާޓްމަން އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް ކޯޓުގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް ޑިޕާޓްމަން އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން.

އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް

 • ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތީން ޝަރީޢަތް ކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ ވަޞީލަތްތައް ކޯޓުގައި ޤާއިމުކުރުމުކޮށް އެ ވަޞީލަތްތައް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
 • ކޯޓުގެ އައިޓީ އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް ބެލެހެއްޓުން.
 • ކޯޓުގެ ވެބްސައިޓުގެ މެއިންޓަނަންސް މަސައްކަތް އަދި ކޮންޓެންޓް އަޕްޑޭޓް ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
 • ކޯޓުގެ ފަނޑިޔާރުންނާއި، މުވައްޒަފުންނަށް އައިޓީއާ ގުޅޭގޮތުން ދޭންޖެހޭ ތާޒާކުރުމުގެ އެކިއެކި ތަމްރީންތައް ރާވައި ހިންގުން.
 • ކޯޓުގައި ބޭނުންކުރާ އިދާރީ އަދި ޝަރުޢީ ފޯމުތަކާއި ލިޔުންތަކާއި، ލީފްލެޓް އަދި ފޮތް ފަދަ ތަކެތީގެ ލޭއައުޓު، ކަމާބެހޭ ސެކްޝަންތަކުން ބޭނުންވާގޮތަށް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުން.
 • އެޓެންޑެންސް މެޝިންގެ ލޮގްތަށް މެމްސް އިން ނެގުމަށްފަހު ތައްޔާރުކުރަންޖެހޭ ޙާޒިރީ ރިޕޯޓުތައް ތައްޔާރުކޮށް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.
 • ކޯޓުގައި ބޭނުންކުރާ ސިސްޓަމްތަކާއި، ސާރވަރ އަދި މެޝިނަރީއާއި އިކުއިޕްމަންޓްތަކަށް ދުވަހުންދުވަހަށް ދިމާވާ މައްސަލަތައް ބަލައި ޙައްލުކުރުމުގެ އެންމެހައި އިންތިޒާމް ހަމަޖެއްސުން.
 • ކޮމްޕިއުޓަރ ނެޓްވޯކް މަރާމާތުކޮށް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.
 • ކޯޓުގައި ބެހެއްޓިފައިވާ އީ-ނޯޓިސްބޯޑުތައް ޤަވާޢިދުން އަޕްޑޭޓް ކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
 • މުވައްޒަފުންގެ ޙާޒިރީއާއި އެއާގުޅޭ ރެކޯޑުތައް މެމްސްއިން ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
 • ކޯޓުގައި ބޭނުންކުރާ މުވާޞަލާތީ ތަކެއްޗާއި، ސެކިއުރިޓީ ބެލެހެއްޓުމަށް ޓަކައި ހަރުކުރެވިފައިވާ ކެމެރާތައް މަސައްކަތް ކުރޭތޯ ޤަވާޢިދުން ޗެކްކޮށް ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
 • މައްސަލަތަކުގެ ޝެޑިއުލް ވެބްސައިޓްގައި ޢާންމުކުރުން.
 • ކޯޓުން ނިންމާ ހުކުމްތަކުގެ ޤަޟިއްޔާ ޤަވާޢިދުން ވެބްސައިޓަށް އަޕްޑޭޓްކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.

ތަޢުލީމީ ރޮނގު

މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ޝަރީޢަތާއި ޤާނޫނު ދާއިރާ.

ގުޅޭ ވަޒީފާގެ ދާއިރާތައް

 1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ޕަބްލިކް އެޑްމިނިސްޓްރޭޝަން
 2. ބިޒްނަސް މެނެޖްމަންޓް ، ހިއުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންސް / އެކައުންޓްސް މެނޭޖްމަންޓް
 3. ޕަބްލިކް ޕޮލިސީ ، ޕޮލިސީ ޕްލޭނިންގ، އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް
 4. ޝަރީޢަތާޢި ޤާނޫނު، ޤާނޫނު

ހުށަހަޅަންޖެހޭ ތަކެތި

 1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
 2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
 3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 4. ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
 5. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
 6. ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
 7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
 8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
 9. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
 10. ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އެހެން ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ސުޕަވައިޒަރު ދޫކޮށްފައިވާ ރެފަރަލް ލެޓަރގެ ކޮޕީ.

ހިންގުމުގެ ދާއިރާގެ ތަޖުރިބާ ހުރިކަމަށް ބެލެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ތަންތަނުގެ ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފައި ވާނަމައެވެ.

 1. ޝަރުޢީދާއިރާގެ ވަޒީފާގެ އޮނިގަނޑުގައި އެމް.އެސް 3 ރޭންކުން ފެށިގެން މަތީގެ ރޭންކެއްގައި މަސައްކަތްކޮށްފައިވުން.
 2. ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ވެބްސައިޓުގައި ލިސްޓުކުރެވިފައިވާ ކުންފުންޏެއްގެ ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވުން.
 3. ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްގައި ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާނަމަ، އެކުންފުންޏަކީ 50 މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކުންފުންޏެއް ކަމުގައިވުން.
 4. ޤައުމީ، ބައިނަލްއަޤްވާމީ ޖަމިއްޖާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވުން.

ސުންގަޑި

2020 އޮގަސްޓް 19 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

 • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި ފޯމާއެކު ފުރިހަމަކޮށް ހުށަހަޅަންޖެހޭ ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
 • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340854/ 3340856
 • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
 • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

 30 ޕަސެންޓް

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5 ޕަސެންޓް

މަސައްކަތު ތަޖުރިބާ

15 ޕަސެންޓް

ޕްރެކްޓިކަލް ޓެސްޓް

 20 ޕަސެންޓް

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30 ޕަސެންޓް

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

 • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައިހުރި ފަރާތަކަށްވުން.
 • ރާއްޖެއާއި، ރާއްޖެއިން ބޭރަށް ދަތުރު ކުރަންޖެހިއްޖެ ޙާލަތެއްގައި ދަތުކުރެވޭނެ ފަދަ ސިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށްވުން.
 • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
 • މައިކްރޯސޮފްޓް އޮފީސް، ކޮރަލްޑްރޯ އަދި ޕަވަރޕޮއިންޓް ފަދަ ޕްރޮގްރާމްސްތަކާއި، މަސައްކަތާ ގުޅުންހުރި ސޮފްޓްވެއަރތަކަށް އަހުލުވެރި ފަރާތެއް ކަމުގައިވުން.
 • ލީޑަރޝިޕްގެ ހުނަރު ދައްކުވައިދީފައިވާ، އަދި ތަފާތު މިޒާޖުތަކުގެ މީހުން ގޮވައިގެން މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން.
 • ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ޝަރުއީދާއިރާ ތަމްޞީލުކުރެވޭނެ ފަރާތަކަށްވުން.
 • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާއި، ވަޒީފާއާއިބެހޭ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި، ޤަވާޢިދާއި، ޕެންޝަނާބެހޭ ޤާނޫނާއި، ކޯޓުތަކާބެހޭ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
 • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
 1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
10 އޮގަސްޓް 2020
ހޯދާ