ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިގޮނޑު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

 ކުނިގޮނޑު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

     ކުނިގޮނޑު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަމްބަރ: IUL)393/393/2020/23)   އިޢުލާންގައި އެސްޓިމޭޓް ހުށަހެޅުމަށް ދެންނެވިފައިވަނީ 04 އޯގަސްޓް 2020 ވީ އަންގާރަ ދުވަސްކަމުން މިދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައެޅުމާގުޅިގެން  އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

 ކޮންޓްރެކްޓް އުޞޫލުން ކިނބިދޫ ކުނިގޮނޑު ސަރަހައްދު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އެކަމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތާއިބެހޭ މަޢުލޫމާތު

1-      ކުރަންޖެހޭ މަސައްކަތްތަކަކީ ރަށުގައި އުފެދޭ ހުރިހާ ކުންޏެއް އަޅައި ނައްތާލުމަށް ހަދާފައިވާ ކުނިގޮނޑަށް ގެންނަ ކުނިތައް އެކިބާވަތްތައް ވަކިކޮށް އަނދާ ކަހަލަ ތަކެތި އަންދައި އެނޫން ތަކެތި މަދިރި ނުއުފެދޭނެ ގޮތަކަށް އެއްތަނަކަށް ޖަމާކޮށް ގޮނޑު މެނޭޖުކޮށް ގޮނޑުގެ ސަރަހައްދު ބެލެހެއްޓުން.

2-      ގޮނޑުގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު 5 ދުވަހު ދުވާލަކު 7 ގަޑިއިރުއެވެ.

3-      މި މަސައްކަތުގެ އަގެއްގެ ގޮތުގައި މަހަކަށް ހުށަހަޅުއްވާ އަގު -/5000 ރުފިޔާ އަށްވުރެ ކުޑަވެގެން ނުވާނެއެވެ. އަދި -/5500 ރުފިޔާ އަށްވުރެ ބޮޑުވެގެން ނުވާނެއެވެ.

4-      މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކަކީ ޢުމުރުން 18 އަހަރު ފުރި 60 އަހަރު ނުފުރޭ މީހެއް ކަމުގައި ވާންވާނެއެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތަކީ ވަޒީފާއެއްގައި އުޅޭ މީހެއްކަމުގައި ވެގެން ނުވާނެއެވެ.

5-      މި މަސައްކަތަށް ކުރިމަތިލާ ފަރާތަކީ ކިނބިދޫގެ ރައްވެއްސެއް ކަމުގައި ވާންވާނެއެވެ.

6-      މި މަސައްކަތް ޙަވާލު ކުރުމަށް ހަމަޖެހިފައި ވަނީ މަތީގައި ދެންނެވިފައިވާ އުޞޫލާ އެއްގޮތަށް މަސައްކަތް ކުރުމުގައި، އެމީހަކު ޢަމަލު ކުރާނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމުން އެ ޕްލޭނުގައިވާ ކަންތައްތަކާއި، ހުށަހަޅުއްވާ އަގަށް ރިއާޔަތްކޮށް އެއްމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ.  

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ ޕްލޭނާއި މަސައްކަތުގެ އަގު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 17 އޯގަސްޓް 2020 ވާ ހޯމަ ދުވަހުގެ މެންދުރު 11:00 ގައި މި އިދާރާ ގައެވެ.

މީހެއްގެ ބަދަލުގައި އެސްޓިމޭޓް ހުށަހަޅުއްވާނަމަ އެފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ. މި މަސައްކަތާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުމާއި، މަޢުލޫމާތު ޝީޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މި އިދާރާއިންނެވެ.

         މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                  20 ޛުލްޙިއްޖާ     1441 

                  10 އޮގަސްޓު      2020

10 އޮގަސްޓް 2020
ހޯދާ