މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ިޔަފާރީގެ ބޭނުންތަކަށް ޢިމާރާތެއް ކުއްޔަށްދޫކުރުމަށް

އިޢުލާން

ވިޔަފާރީގެ ބޭނުންތަކަށް ޢިމާރާތެއް ކުއްޔަށްދޫކުރުމަށް 

            މިކައުންސިލުގެ ބެލުމުގެދަށުގައިވާ ބަނދަރުހިޔާ ޢިމާރާތް ވިޔަފާރީގެ ބޭނުންތަކަށް ދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.

            ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

ތާރީޚް

ދުވަސް

ވަގުތު

 މަޢުލޫމާތު ސާފުކުރުން

18 އޮގަސްޓް 2020

 އަންގާރަ

 ހެނދުނު 11:00

 ޕްރޮޕޯސަލް ހުށަހެޅުން

27 އޮގަސްޓް 2020

 ބުރާސްފަތި

 ހެނދުނު 11:00

               

            މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށް ފަހު 2020 އޮގަސްޓް 17 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ. މި މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

ހުށައަޅާ ޕްރޮޕޯސަލް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ ޕްރޮޕޯސަލެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.

            20 ޒުލްހިއްޖާ 1441

            10 އޮގަސްޓް 2020

10 އޮގަސްޓް 2020
ހޯދާ