ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގައި ހުރި ބައެއް މަރާމާތުގެ މަސައްކަތް ކުރުން

 ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގައި ހުރި ބައެއް މަރާމާތުގެ މަސައްކަތް ކުރުން

             ވިލިމާލޭގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ( ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ) ޢިމާރާތުގެ ފާރުން ފެންލީކްވުން ހުއްޓުވުމާއި، ސީލިނގް ކުރުމާއި، ކްލާސްރޫމުގެ ފާރުތަޅާ ސާފުލުރުން ފަދަ މަސައްކަތް ކުރަން ބޭނުންވާތީ އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން:

           މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ  17 އޮގަސްޓް 2020 ވާ ހޯމަ ދުވަހުގެ 13:00 ގައި، ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒް، ވިލިމާލޭގައި މި ގަޑިއަށް  ވަޑައިގަންނަވާ ފަރާތްތަކަށެވެ.

 

ބީލަން ބަލައިގަތުން،އަދި ވެލިޑިޓީ

 

            ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ  24 އޮގަސްޓް 2020  ވާ ހޯމަ ދުވަހު 13:00 ގައި ދިވެހިރާއްރޭއްގެ ގައުމީ ޔުނިވަސިޓީގެ އިދާރީމަރުކަޒު މާލެ ގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

           ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް ކަމުގައިވާންވާނެއެވެ.

 

 

އިތުރު މަޢުލޫމާތު ސާފުކުރުން

           މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުޅުއްވާނީ.

  • ސީ.އެމް.އެސް  އިން : ، 7565020 ، 3345134،7741075

          އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ، އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

 

ނޯޓް:
       ބީލަމާއެކު ހުށަހަޅާ އަގުބަޔާންކުރާ ޝީޓު ނުވަތަ ކޯޓޭޝަންގައި ބީލަންހުށަހަޅާ ފަރާތުގެ ސޮޔާއި ކުންފުންޏެއްނަމަ، ކުންފުނީގެ ތައްގަނޑުޖަހާފައި ހުންނަވާނެއެވެ.  މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ.

10 އޮގަސްޓް 2020
ހޯދާ