ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ކެލާ ކުނިކޮށި ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުން

އިޢުލާން

ހއ. ކެލާ ކުނިކޮށި ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުން

              ހއ. ކެލާ ކުނިކޮށި 06 މަސް ދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

              ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 އޯގަސްޓް 2020 ވާ ހޯމަ ދުވަހުގެ 11:00 އަށް ކެލާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.  

              އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި ،ޕާޓްނަރޝިޕް ،ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 އޯގަސްޓް 10 އިން 2020 އޯގަސްޓް 16 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިއިދާރާގެ ކައުންޓަރަށް ވަޑައިގަތުމުން ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. މި މަސައްކަތަށް އަގު ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

މި މަސައްކަތުގެ މައުލޫމާތު ކަރުދާސް އަދި އަގު ހުށަހަޅާ ފޯމް 10 އޯގަސްޓް 2020 ވަނަ ދުވަހުން ފެށިގެން ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

10 އޯގަސްޓް 2020

10 އޮގަސްޓް 2020
ހޯދާ