މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އާލާކޮށްފައިވާ ފާނައަށް ނީލަން ކިޔުމުގެފުރުސަތު ހުޅުވާލުން

ވަރލްޑް ބޭންކުގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ހިންގާ [ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ] ދަށުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް މޫދުކޮށީގައި ބޮޑުކޮށްފައިވާ ފާނަ ނީލަމުން ގަތުމުގެފުރުސަތު ހުޅުވާލަމެވެ.

އދ. މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެއްޗަށް އަމާޒުކޮށްގެން، މޫދުކޮށީގައި ފާނަ ބޮޑުކުރުމުގެ މަސައްކަތްތަކެއް 2020 ޖަނަވަރީން ފެށިގެން ކުރިއަށް އެބަދެއެވެ. މިގޮތުން އދ. މަހިބަދޫން މިމަސައްކަތަށް ހޮވާލެވުނު ހަތް ގޭބިސީގެ ތެރެއިން ކޮންމެ ގޭބިސީއަކަށް 1000 (އެއްހާސް) ކުދި ފާނައާއި، ފާނަ ކޮށްޓާއި، މަސްކާނާގެ އިތުރުން ފާނަ ބޮޑުކުރުމަށް ބޭނުންވާ ތަމްރީނު ދީގެން މިހާރުވަނީ 3،353 (ތިންހާސް ތިންސަތޭކަ ފަންސާސް ތިނެއް) ފާނަ  މާކެޓް ސައިޒަށް (އެވްރެޖް ބަރުދަނުގައި 400 ގްރާމަށްވުރެ ބޮޑު)  ބޮޑުކުރެވިފައެވެ.

މިއީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ޞިނާޢަތެއް ގާއިމުކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވުމާއިއެކު، މިސިނާއަތުގައި ބައިވެރިވުމުގެ ފުރުސަތު ވިހާވެސް ގިނަ ބަޔަކަށް ފަހިކޮށްދިނުމަށްޓަކައި  މޫދުކޮށީގައި އާލާކޮށްފައިވާ ފާނަ ނީލަން ކިއުމަށް ވަނީ ނިންމާފައެވެ.  ބޮޑުކޮށްފައިވާ ފާނައިގެ އެންމެ ފަހުގެ ތަފްސީލާއި، ނީލަމާއި ގުޅޭ އިތުރު މައުލޫމާތު <ވެބް އެޑްރެސް> ގައިވާ "އާލާކޮށްފައިވާ ފާނަ ނީލަމުގައި ވިއްކާލުމާއި ގުޅޭ މައުލޫމާތު" ގައި އެކުލެވިފައި ވާނެއެވެ.

ނީލަން ފެށޭ އަގަކީ ފާނައަކަށް -/100 ރ (ސަތޭކަ ރުފިޔާ)އެވެ. ނީލަމަށް ފަހަރަކު އިތުރުކުރެވޭނޭ އެންމެ ކުޑަ އަގަކީ -/5ރ (ފަސްރުފިޔާ)އެވެ. އަދި ނީލަމަށް ފަހަރަކު އިތުރުކުރެވޭނޭ އެންމެ މަތީ އަގަކީ -/10 (ދިހަރުފިޔާ)އެވެ. ނީލަމުގެ ޖުމްލަ އަންދާސީ އަގަކީ،ފާނައަކަށް ހުށަހަޅާ އަގުގެ ނިސްބަތުން، ކޮށިތަކުގައި މާކެޓް ސައިޒަށް ބޮޑުވެފައި ހުރި ފާނައިގެ އަންދާސީ އަދަދަށްވާ ޖުމްލަ އަގު އަދަދެވެ. ވިއްކާލެވޭ ފާނައިގެ އެންމެ ފަހުގެ އަދަދު ކަނޑައެޅޭނީ ގަންނަ ފަރާތާއި ވިއްކާ ފަރާތުގެ ހާޒިރުގައި ފާނަ ގުނާފައެވެ.

މި ނީލަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރަން އެދޭ ފަރާތްތަކުން ސާފުކުރަން އެދޭ މައުލޫމާތު ބަޔާންކޮށް، 2020 އޮގަސްޓު 13 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގައި ވިޔަފާރި ކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަށެވެ.

ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 އޮގަސްޓު 11 ވާ އަންގާރަދުވަހުގެ ހެނދުނު  10:00އާއި 2020 އޮގަސްޓު 14 ވާ ހުކުރު ދުވަހުގެ 20:00 އާއި ދެމެދު auction.mmri.gov.mv  ގައި ރަޖިސްޓަރީ ވާންވާނެއެވެ.  

ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުން auction.mmri.gov.mv މެދުވެރިކޮށް ނީލަމަށް އަގު ހުށަހެޅުމުގެ ފުރުސަތު 2020 އޮގަސްޓު 16 ވާ އާދީއްތަ ދުވަހުގެ 08:00 ން ފެށިގެން 2020 އޮގަސްޓު 19 ވާ ބުދަ ދުވަހުގެ 20:00 ގެ ނިޔަލަށް ހުޅުވިފައި ހުންނާނެއެވެ.

ފާނަ ގަތުމަށް ހުށަހަޅާ އަގު، ނީލަން ކާމިޔާބު ކުރި ތާރީޚުން ފެށިގެން 3 (ތިން) ދުވަހުގެ ތެރޭގައި (2020 އޮގަސްޓު 22 ގެ ކުރިން) ފާނައިގެ ވެރިފަރާތްތަކަށް އަދާކުރަންޖެހޭނެއެވެ. މި މުއްދަތުގެ ތެރޭގައި އަގު އަދާކޮށް ނުނިމޭނަމަ، ދެން އެންމެ މަތީ އަގު ހުށަހެޅި 3 ފަރާތުގެ ތެރެއިން، ނީލަން ނިމުނު އެންމެ މަތީ އަގު ދައްކަން އެއްބަސްވާ ފަރާތަކަށް ފާނަ ވިއްކާލެވޭނެއެވެ.

10 އޮގަސްޓް 2020
ހޯދާ