މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މައްޗަންގޮޅި އާސަހަރާގެ ހުޅަނގު ދެކުނު ބަޔާއި ދެކުނު ފަރާތު މެދު ބައިގެ މަހާނަތަކުގައި ޖަހާފައިވާ މަހާނަ ގާތައް ނެގުން

             މައްޗަންގޮޅީ އާސަހަރާގެ ހުޅަނގު ދެކުނު ބަޔާއި ދެކުނު ފަރާތު މެދު ބަޔަށް ވެލި އެޅުމުގެ މަސައްކަތް، 15 ސެޕްޓެމްބަރ 2020 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

             ވުމާއެކު، އެތަނުގައި ހުރި މަހާނަތަކުގެ ތެރެއިން މަހާނާގައި، މަހާނަގާ ޖަހާފައިވާ ފަރާތްތަކުން، 15 ސެޕްޓެމްބަރ 2020 ގެ ކުރިން އެ ގާތަށް ނެގުމަށްފަހު، އެތަކެތި ގެންދިއުމަށް އެންގީމެވެ. އެ މުއްދަތުގައި ނުނަގާ ހުންނަ މަހާނަ ގާތަށް މި އިދާރާގެ ފަރާތުން ނަގާ އެތަކެތި ނައްތާލެވޭނެ ކަމުގައިވެސް އެންގީމެވެ.

             މަހާނަގާތަށް ނެގުމުގެ މަސައްކަތް ކުރަންވާނީ އެކަމާބެހޭ މި އިދާރާގެ ސްޕަވައިޒަރާ ފޯނުން ގުޅުމަށްފަހު، ސްޕަވައިޒަރ އަންގާގޮތެއްގެ މަތިންނެވެ. ސްޕަވައިޒަރާ ގުޅޭނެ ފޯނު ނަންބަރަކީ 7994565 އެވެ.

             ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                               20 ޛުލްޙިއްޖާ 1441

10 އޮގަސްޓް 2020
ހޯދާ