ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީ ކައުންސިލްގެ ދެ އިމާރާތުގައި ސޯލާޕެނަލް ހަރުކުރުމާއި ބެހޭ އިޢުލާނުގެ މުއްދަތު އިތުރުކުރުން

     ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިން 19 ޖުލައި 2020 ގައި ކޮށްފައިވާ ނަންބަރު  IUL)468-U01/468/2020/118) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

     04 އޮގަސްޓު 2020 އިން 06 އޮގަސްޓު 2020 އަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމެވުމާއި ގުޅިގެން އިޢުލާނަށް މުއްދަތު އިތުރުކުރެވިފައިވާ ވަހާކަ ދަންނަވަމެވެ.

     ވީމާ ރަޖިސްޓްރީ ކުރުމުގެ މުއްދަތު 13 އޮގަސްޓު 2020 ގެ 13:00 އާއި ހަމައަށް އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. ރަޖިސްޓްރީ ކުރުމަށްޓަކައި -/2500 (ދެހާސް ފަސްސަތޭކަ) ރުފިޔާ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައްކަވަންޖެހޭނެއެވެ.  ރެޖިސްޓްރޭޝަން ފީ ދެއްކެވުމަށް ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު ތިރީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ.  އަދި ފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގައިވާ އީމެއިލް އަށް ފޮނުއްވުމުން ނުވަތަ ކައުންސިލްގެ ޕްރޮކިއުމަންޓް ޔުނިޓަށް ހުށަހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

 - އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް

- އެޕްލިކޭޝަނާ ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު

- ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ

     ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 16 އޮގަސްޓު 2020 ވާ އާދީއްތަ ދުވަހުގެ  13:00 ގެ ކުރިން އީމެއިލުންނެވެ. އީމެއިލުން ނުފޮނުވޭ ފަރާތްތަކަށް ބީލަންކަރުދާސް ސީޑީ އަށް އެޅުމަށްފަހު ސީޑީ ދޫކުރެވޭނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 22 އޮގަސްޓު 2020 ގެ 10:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. ސުވާލްތަކަށް 22 އޮގަސްޓު 2020 ގެ 13:00 ގެ ކުރިން ޖަވާބު ދެވޭނެއެވެ.

ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ކުރުން

ކައުންސިލްގެ ޕްރޮކިއުމަންޓް ޔުނިޓް (އީމެއިލް ނުވަތަ ފޯނުން)

20 ޖުލައި 2020 ން 13 އޮގަސްޓު 2020 ގެ 13:00 އަށް

ބީލަން ހުށަހެޅުން

ކައުންސިލްގެ މީޓިންގ ރޫމް

23 އޮގަސްޓު ގެ 10:00 އަށް

  

     ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

     

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862829،6862830

އީމެއިލް: [email protected]

09 އޮގަސްޓް 2020
ހޯދާ