މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
COMSATS University Islamabad Scholarship 2020

`

މަތީ ތަޢުލީމުގެ ފުރުޞަތު

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

މާލެ، ދިވެހިރާއްޖެ

އިޢުލާން

ނަންބަރު : IUL)475-Schol/475/2020/116)

ތާރީޚް: 09 އޯގަސްޓް 2020

COMSATS University Islamabad Scholarship 2020

 

       ޕާކިސްތާންގެ ކޮމްސެޓްސް ޔުނިވަރސިޓީގެ ފަރާތުން ހުށަހަޅާފައިވާ އަންޑަރގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ލެވެލްގެ ޕްރޮގްރާމްތަކަށް އަމިއްލަގޮތުން ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވާކަމަށް އެފަރާތުންވަނީ އަންގަވާފައިވެއެވެ. މި ފުރުސަތުގެ ދަށުން  އަންޑަރގްރެޖުއޭޓް ކޯސްތަކަށް ހޮވޭ ދަރިވަރުން ކޯހުގެ ހަރަދުތައް ހަމަޖައްސަންވާނީ ދަރިވަރު އަމިއްލައަށެވެ.  ޕޯސްޓްގްރެޖުއޭޓް ލެވެލްގެ ޕްރޮގްރާމްތަކަށް ހޮވޭ ދަރިވަރުންނަށް ކޮންމެ ސެމިސްޓަރއެއްގެ ޓިއުޝަންފީގެ 1000 ޔޫއެސް ޑޮލަރު ހިލޭވާނެއެވެ. އެހެނިހެން ހަރަދުތަށް ހަމަޖައްސަންވާނީ ދަރިވަރު އަމިއްލައަށެވެ.

      ޔުނިވަރސިޓީ އަދި ކޯސްތަކާއިބެހޭ މަޢުލޫމާތު މި އިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް އަޕްލޯޑް ކުރެވިފައި ވާނެއެވެ. މިސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުންނާއި މި ޔުނިވަރސިޓީގެ    http://ww3.comsats.edu.pk/internationalstudents/default.aspx  ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި ސްކޮލަރޝިޕްއަށް ކެންޑިޑޭޓުން އެޕްލިކޭޝަން ހުށައަޅުއްވާނީ  http://international.admissions.comsats.edu.pk/ މެދުވެރިކޮށެވެ.  އޮންލައިން އެޕްލިކޭޝަން ހުށަހަޅުއްވާދަރިވަރުން އޮންލައިންކޮށް ހުށަހެޅި ލިޔުންތަކާއި އެޕްލިކޭޝަންގެ ކޮޕީއެއް 12 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

 

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

 

09 އޮގަސްޓް 2020
ހޯދާ