ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމް :ޑިރެކްޓަރ
ބޭނުންވާ އަދަދު :1

މަޤާމް:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-322846

 

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

 ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

ސެކްޝަން

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ސެކްޝަން

މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

 

އެހެނިހެން އެލަވަންސް:

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35
  5. ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ
  6. ޑިވެލޮޕްމަންޓް ސްޓަޑީޒް، ސޯޝިއަލް ޕޮލިސީ، ސޯޝަލް ސައިންސް ގެ ރޮނގުން ހާސިލް ކޮށްފައިވާ ސަނަދަށް ބެލުމަށްފަހު ޓެކްނިކަލް ކޯ އެލަވެންސް ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޓެކްނިކަލް ކޯ އެލަވެންސް ގެ ގޮތުގައި 2473.80 ރުފިޔާ ލިބޭނެއެވެ. އަދި ޓެކްނިކަލް ކޯ އެލަވެންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/1100ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  • އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ އެހީގެ ޕްރޮގްރާމްތައް (ފަޤީރު ޙާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހއްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް،ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެންމީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް، ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ) ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ އިރުޝާދުތައް ސެކްޝަންގެ މުވައްޒަފުންނަށްދީ އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީގެ ޕްރޮގްރާމްތައް  ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

 

  • އެޖެންސީއިން ކުރިއަށް ގެންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީއެހީގެ ޕްރޮގްރާމް ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ އިރުޝާދުތައް ސެކްޝަންގެ މުވައްޒަފުންނަށްދީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީއެހީގެ ޕްރޮގްރާމް ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

 

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެފަރާތްތަކުގެ ފަންކްޝަނަލް އެސެސްމަންޓް ހަދަންޖެހޭ ފަރާތްތަކުގެ ފަންކްޝަނަލް ހެދުމަށް މުވައްޒަފުންނަށް ބޭނުންވާ ހުނަރާއި ފަންނީ މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމާއި އެކަމަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުން.

 

  • އެޖެންސީއިން ކުރިއަށް ގެންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުން ތެރަޕީގެ ޚަރަދު ހަމަޖެއްސުމުގެ ޕްރޮގްރާމް ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ އިރުޝާދުތައް ސެކްޝަންގެ މުވައްޒަފުންނަށްދީ އެޕްރޮގްރާމް ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

 

  • އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީގެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން އެ ކޮމިޓީގެ މަސައްކަތްތައް ވިލަރެސްކުރުމާއި، ކޮމިޓީއަށް ހުށަހަޅާ ފޯމުތައް ނިންމުމަށް ބޭނުންވާ ފަންނީ ލަފާ ދިނުން.

 

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ ދިނުމާއި ގުޅޭ ކޮމެޓީ އަދި ތެރަޕީގެ އެހީ ދިނުމާއިގުޅޭ ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން އެ ކޮމިޓީގެ މަސައްކަތްތައް ވިލަރެސްކުރުމާއި، ކޮމިޓީއަށް ހުށަހަޅާ ފޯމުތައް ނިންމުމަށް ބޭނުންވާ ފަންނީ ލަފާ ދިނުން.

 

  • އެޖެންސީއިން ކުރިއަށް ގެންދާ އިޖްތިމާޢީ ރައްކާތެރިކަމާއި ގުޅޭ ޕްރޮގްރާމްތަކާއި ގުޅިގެން ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ސްޓޭކްހޯލްޑަރުންނާއެކު ކުރަންޖެހޭ މަސައްކަތްތައް ޕްރޮގްރާމް ސެކްޝަންގެ ފަރާތުން ވިލަރެސްކުރުމާއި ޕްރޮގްރާމްތަކާ ގުޅޭގޮތުން އެފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި އެޖެންސީއިން ތައްޔާރުކުރަންޖެހޭ ފަންނީ ކަރުދާސް ތަކާއި ރިޕޯރޓުތައް ތައްޔާރުކުރުން.

 

  • އެޖެންސީއިން ކުރިއަށް ގެންދާ އިޖްތިމާޢީ ރައްކާތެރިކަމާއި ގުޅޭ ހުރިހާ ޕްރޮގްރާމްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއިގުޅޭ ތަފާސްހިސާބުތައް ބަލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށް ބޭނުންވާ ރިޕޯރޓުތައް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކާއި ހިއްސާކުރުން.

 

  • މިއެޖެންސީއިން ކުރިއަށް ގެންދާ އިޖްތިމާއީ ރައްކާތެރިކަމާއި ގުޅޭ އެންމެހައި ޕްރޮގްރާމްތަކާއި ގުޅިގެން ހަދަންޖެހޭ ޤާވާއިދުތަކާއި ސިޔާސަތުތައް އެކުލަވާލުމުގައި، ޕްރޮގްރާމް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް އެޑްރެސްކުރުމަށް ބޭނުންވާ ފަންނީ ލަފާ ޕޮލިސީ ސެކްޝަނަށް ދިނުމާއި އަދި ސިޔާސަތުތަކާއި ގަވާއިދުތައް ކަނޑައެޅުމުގައި ޕޮލިސީ ސެކްޝަނާ އެއްކޮށް މަސައްކަތްކޮށް ގެންނަންޖެހޭ ބަދަލުތައް ރިވިއުކޮށް އެބަދަލުތައް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

 

  • އިޖްތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދި ހުށަހަޅާ ފޯމުތަކާއި މެދު ކޮމިޓީން ނިންމާ ނިންމުންތައް ޑޭޓަރ ބޭސްއިން ދުވަހުން ދުވަހަށް އަދާހަމަކުރެވޭނެ ނިޒާމެއް ޤާއިމުކޮށް އެކަމަށް ބޭނުންވާ އިރުޝާދު މުވައްޒަފުންނަށްދީ އެކަން ކުރެވޭކަން ޔަޤީންކުރުން

 

  • އިޖްތިމާއީ ރައްކާތެރިކަމުގެ އެހީގެ ޕްރޮގްރާމްތަކުގެ ފޯމުތައް ޕްރޮސެސް ކުރުމަށް ބޭނުންކުރާ ސޯޝަލް ޕްރޮޓެކްޝަން އިންފޮރމޭޝަން ސިސްޓަމް އަށް ގެންނަން ޖެހޭ ބަދަލުތަކާއި އަދި އެސިސްޓަމް އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ ކަންތައްތައް ދެނެގަނެ އެކަންތައްތައް ޑޭޓާބޭސް އަށް ގެނައުމަށްޓަކައި ސީ.އީ.އޯ ގެ ލަފާގެ މަތިން ސޮފްޓެވެއަރ ޑެވެލޮޕަރ އަށް އިރުޝާދުދީ އެބަދަލުތައް ގެނެވޭކަން ކަށަވަރުކުރުން.

 

  • އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ތަންފީޒުކުރެވޭ ޕްރޮގްރާމްތަކުގެ ޤަވާޢިދާއި ސިޔާސަތުތަކަށް ގެނެވޭ ބަދަލުތަކާއި ގުޅިގެން ސޯޝަލް ޕްރޮޓެކްޝަން އިންފޮރމޭޝަން ސިސްޓަމް އަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭ ފަންނީ ލަފައާއި އިރުޝާދު ސޮފްޓްވެއަރ ޑިވެލޮޕަރ އަށްދީ އެކަން ކުރެވޭނެ ނިޒާމެއް ޤާއިމުކުރުން.

 

  • އިޖްތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދޭ ޕްރޮގްރާމް ތަންފީޒުކުރުމުގައި ދިމާވާ ތަކާއި ގުޅިގެން ދިމާވާ ދަތިތައް ދެނެގަނެ، އެކަން ހައްލުކުރުމުގެ ގޮތުން ގޮތުން ސީ.އީ.އޯ އަށް ބޭނުންވާ ފަންނީ ލަފާ އެރުވުން.

 

  • މިއެޖެންސީގެ އެޗް.އާރު.އެމް.ޑީ އަދި ޓެންޑަރ ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

 

  • ބެޔަސް ނުބެޔަސް ޕްރޮގްރާމްގެ ދަށުން އެހީ ލިބޭ ފަރާތްތަކަށް ދޭންޖެހޭ މާލީ އެހީދިނުމުގެ މަސައްކަތްތައް ރާވައި ހިންގުން.

 

  • މިޖެންސީގެ ޕްރޮގްރާމް ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ރޭވުމާއި، އެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒުކޮށް އަދި ޕަރފޯމަންސް އެޕްރެއިޒަލް ހެދުން.

 

މަޤާމުގެ ޝަރުޠުތައް:

 

 

 

 

 

 

 

 

ގުޅޭ ވަޒީފާގެ ދާއިރާތައް

ޑިވެލޮޕްމަންޓް ސްޓަޑީޒް، ސޯޝިއަލް ޕޮލިސީ، ސޯޝަލް ސައިންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ސޯޝަލް ސައިންސްގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ނުވަތަ

 

ޑިވެލޮޕްމަންޓް ސްޓަޑީޒް، ސޯޝިއަލް ޕޮލިސީ، ސޯޝަލް ސައިންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ސޯޝަލް ސައިންސްގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ސޯޝަލް ސައިންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.  

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ)  އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނަށް ބަލައިގެން
  3. "ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން" ގެ މާރކްސް އަށް ބަލައިގެން
  4. މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ އަށް ބަލައިގެން
  5. އިންޓަވިއު އަދި ޕްރެކްޓިކަލްސް ގެ މާރކސް އަށް ބަލައިގެން
  6. މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 (ފަންސާސް ފަހެއް( އިންސައްތައަށްވުރެ މަތިވުން.
  7. މަޤާމަށް އައްޔަނުކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތަށް، އެކެޓަގަރީގައިވާ "ލިބިފައިވާ ހުނަރު " ގެ ބަޔަށް ކަނޑައަޅާފައިވާ ޖުމުލަ ޕޮއިންޓުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ މަތިން ޕޮއިންޓު ލިބިފައިވުމުން.

 (ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ)

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 އޮގަސްޓް 2020  ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected] އަދި ފެކްސް 3003535 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.   އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

އިންޓަވިއު އިމްތިޙާނާއި އޮންނާނެ ތަނާއި، މުއްދަތު:

އޮންނާނެ ތަނާއި،މުއްދަތު:         

 

"ވަޒީފާއަށް     ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު

ގޮތުގެ ޝީޓް (A2 ފޯމު)"

އާންމުކުރުން

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނާނީ، 2020 އޮގަސްޓް 19 ން 2020 ސެޕްޓެންބަރު18 އާ ދެމެދު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)،ކ.މާލެ ގައެވެ.

 

 

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްމަނަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ،   3005353  އެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

 

06 އޮގަސްޓް 2020
ހޯދާ