މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ހިންގަމުންދާ ގްރީން ބިލްޑިންގުގެ ލިފްޓު، 5 އަހަރުގެ މުއްދަތަށް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާއި ބެހޭ

 ބީލަން ހުޅުވުން ފަސްކުރުން

15 ޖުލައި 2020 ގައި 5  އަހަރުގެ މުއްދަތަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ހިންގަމުންދާ ގްރީން ބިލްޑިންގުގެ ލިފްޓު، ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ޝާއިޢުކޮށްފައިވާ (IUL)438-AU/1/2020/22 ނަންބަރު އިޢުލާނުގައިވާ ގޮތުން ބީލަން ހުޅުވަން ހަމަޖެހިފައިވަނީ 04 އޮގަސްޓު 2020 ވާ އަންގާރަ ދުވަހުގެ 11:00 ގައެވެ. ނަމަވެސް މި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމަށް ހަމަޖެއްސުމާ ގުޅިގެން،ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 09 އޮގަސްޓު 2020 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ކަން އާއްމުކޮށް އަންގާ އިއުލާނުކުރަމެވެ.  ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ވެސް އިސްވެ ދެންނެވުނު ތާރީޚާއި ވަގުތެވެ.

03 އޮގަސްޓް 2020
ހޯދާ