ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހއ.އިހަވަންދޫ އައު އޮފީސް އިމާރާތް ކުރުމާއި ގުޅޭ:

ނަންބަރު: FNK-I/IUL/2020/126

އިސްލާހް - 01

އިޢުލާން

ހއ.އިހަވަންދޫ އައު އޮފީސް އިމާރާތް ކުރުމާއި ގުޅޭ:

     މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން ސަރުކާރުން އަޅަމުންގެންދާ ހަރުދަނާ ފިޔަވަޅުތަކުގެ ދަށުން، މި ކުންފުނީގެ މުވައްޒަފުންނާއި، ކުންފުންޏާއި ގުޅުންހުރި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި ކުންފުނިން ދަނީ ގިނަގުނަ ފިޔަފަޅުތަކެށް އަޅަމުންނެވެ.

ހއ.އިހަވަންދޫގައި މި ކުންފުނީގެ އައު އޮފީސް އިމާރާތެއް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނުގެ މަސައްކަތަށް ބަދަލު ގެނެވިފައިވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ކުރެހުން އަދި ބީ.އޯ.ކިޔު ހިމެނިފައިވާ ސީ.ޑީ ޕްރީބިޑަށް ވަޑައިގަންނަވާ ފަރާތްތަކަށް ހިއްސާކުރެވޭނެކަމުގައި ދަންނަވަމެވެ.

 

 

ތާރީޚް

ވަގުތު

މަޢުލޫމާތު ސާފުކުރުން

09 އޮގަަސްްޓް 2020

11:00 ހެނދުުނު

އަންދާސީ ހިސާބު ހުށަހެޅުން

17 އޮގަސްޓް 2020

13:00 މެންދުރު

 

ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ[email protected] އަށެވެ.

03 އޮގަސްޓް 2020
ހޯދާ