އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އިޢުލާނު

ނަންބަރު: IUL)38-AA-2020/18)                                     

އިޢުލާނު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2020/24 ދެންނެވުމުން، ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި 2020 އޯގަސްޓް 04 ވަނަ ދުވަހުން ފެށިގެން 2020 އޯގަސްޓް 06 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން މި މުއްދަތުގައި އިލެކްޝަންސް ކޮމިޝަންވެސް ރަސްމީކޮށް ނުހުޅުވާގޮތަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

 އެހެންނަމަވެސް، މި މުއްދަތުގައި ކޮމިޝަނުން ދެމުންގެންދާ ޢާންމު ޚިދުމަތްތައް ކޮމިޝަންގެ އީ-މެއިލް [email protected] އަދި އީ-ގަވަރމެންޓް (ޖެމްސް) މެދުވެރިކޮށް ފޯރުކޮށްދެމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

03 އޮގަސްޓް 2020
ހޯދާ