ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
2020 އޮގަސްޓް 4 ން 6 އަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާގޮތް

އިޢުލާން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި 2020 އޮގަސްޓް 4 ން 6 އަށް އޮފީސްތަށް ނުހުޅުވާގޮތަށް ސަރުކާރުން ނިންމައި، އޮންލައިން ކޮށް ދެވެން ހުރި ޚިދުމަތްތައް އޮންލައިން މެދުވެރިކޮށް ދިނުމަށް ނިންމެވުމާގުޅިގެން، މިކޮމިޝަނުގެ މަސައްކަތްތައް މެދުނުކެނޑޭނެގޮތަށް ކުރިއަށްގެންދިއުމަށްޓަކައި ތިރީގައިވާ ގޮތަށް ޚިދުމަތް ދިނުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާތީ، އެކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

 

  1.  ޢާއްމު ފަރާތްތަކުން، ކޮމިޝަނަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ކޮމިޝަނުގެ  [email protected] މެއިލްއަށް ފޮނުއްވުމުން ބަލައިގަންނަގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ޖެމްސް މެދުވެރިކޮށް ފޮނުވާ ލިޔެކިޔުންތަކާއި އެހެނިހެން އިލެކްޓްރޯނިކް ޒަރިއްޔާއިން ކޮމިޝަނަށް ފޮނުއްވާ ލިޔެކިޔުންތައް ވެސް ބަލައިގަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ.

 

2. ކޮމިޝަނަށް ގުޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ކޮމިޝަންގެ ނަންބަރު 009607821400 ށް  ބޭނުންފުޅުވާ ޚިދުމަތެއް ޓެކްސްޓް ކޮށްލައްވައި އެ ޓެކްސްޓްގައި  އީމެއިލްއެޑްރެސް އަދި ނަން މެސެޖް ކުރެއްވުމުން ޖެހިގެން އަންނަ ދުވަހުގެ 15:00 ގެ ކުރިން ކޮމިޝަނުން އެބޭފުޅަކާ ގުޅާގޮތަށް ވަނީ ހަމަޖެހިފައެވެ.

 

                         13 ޛުލްޙިއްޖާ 1441

                        03 އޮގަސްޓް 2020

 

 

 

 

      

 

03 އޮގަސްޓް 2020
ހޯދާ