މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސަރަހައްދުގައި ކަށުކަމާކެމީގެ ކަންކަން ކުރުމާއި އަދި ކަށުނަމާދު ކުރުމާ ބެހޭ.

މިދުވަސްވަރު މާލެ ސަރަޙައްދުގައި ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ، ފަރުދުންގެ ރައްކާތެރިކަމަށްޓަކައި، މިއަދުން ފެށިގެން ޢަމަލު ކުރަމުން ގެންދާނީ ތިރީގައި ދެންނެވިފައި އެވާ ގޮތަށެވެ.

 

  1.  މާލެ ސިޓީގެ މިސްކިތްތަކުގެ ތެރެއިން، މާލޭގައި ކަށު ނަމާދު ކުރާނީ، "މަސްޖިދުއް ތަޢާވުނި" (އާސަހަރާ މިސްކިތް) ގައެވެ.
  2.  ކޮޑިވް ބަލީގައި ނިޔާވާ މީހުންގެ ކަށުނަމާދު ކުރާނީ ހުޅުމާލެ ސަހަރާ ގޯތިތެރޭ (ހިނަވާގެ ފެންޑާ) ގައެވެ.
  3. މަސްޖިދުއް ތަޢާވުނި (އާސަހަރާ މިސްކިތް) ގައި ކަށުނަމާދު ކުރެވޭނީ ފަރުޟު ނަމާދުގެ ޖަމާޢަތާއި ދިމާނުވާގޮތަށް، ނަމާދަށް ބަންގި ގޮވާ ވަގުތުން ފެށިގެން ބައިގަޑިއިރު ފަހުންނެވެ.
  4. މައްޔިތާ އާސަހަރާއަށް ގެނަވުމަށްފަހު، ވީއެންމެ އަވަހަކަށް މައްޔިތާގެ ކަށުކަމާކެމީގެ ކަންތައްތައް ނިންމުމަށްފަހު، މައްޔިތާ ވަޅުލުމަށް، މައްޔިތާގެ ޢާއިލާގެ ފަރާތުން ވަރަށް އިސްކަން ދެއްވަންވާނެއެވެ. ޖަމާޢަތްތެރިން އެގޮތަށް އެކަން ކުރަމުންދާނެއެވެ.
  5. މައްޔިތާ އާސަހަރާއަށް ގެނައުމަށްފަހު، ހިނަވާގޭގައި މައްޔިތާ ބޭއްވޭނީ ގިނަވެގެން 3 ގަޑި އިރުވަންދެނެވެ.
  6.  މައްޔިތާގެ ޖަނާޒާގައި ބައިވެރިވުމަށް ޒިޔާރަތް ކުރައްވާ ފަރާތްތަކުން، ހިނަވާގެ އެތެރެއާއި ސަހަރާގެ ގޯތިތެރޭގައި އުޅުއްވާއިރު، ޢިޖުތިމާޢީ ގައިދުރުކަން ބެހެއްޓެވުމަށާއި އެޗް،ޕީ.އޭ ގެ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓެވުމަށް ދަންނަވަމެވެ.
  7.  ކަށުނަމާދުގެ ޖަމާޢަތުގައި މީހުން ތިބެންވާނީ ދެމީހުންގެ ދޭތެރޭގައި ހުސްޖާގައެއް އޮންނަ ގޮތަށެވެ.

ވީމާ، ހުރިހާ ފަރާތްތަކުންވެސް މިދެންނެވިގޮތަށް ޢަމަލު ކުރެއްވުމަށް އަންގައި އިޢުލާނު ކުރީމެވެ.

02 އޮގަސްޓް 2020
ހޯދާ