ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން

އިޢުލާން

 ރައްޔިތުންގެ ބައްދަލުވުން

                 އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫންގެ 17/2010 ގެ ދަށުން ކޮންމެ އަހަރަކު ފެބުރުވަރީ މަހާއި ޖުލައިމަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ދެ ބައްދަލުވުމުގެ ތެރެއިން މި ޖުލައިމަހުގައި ބާއްވަންޖެހޭ ބައްދަލުވުން މި ޖުލައި މަހުގެ  29 ވާ ބުދަ ދުވަހުގެ ރޭގަނޑު 9:00 ގައި ކިނބިދޫ ޕްރީސްކޫލްގެ ހޯލްގައި ބޭއްވުމަށް މި ކައުންސިލުން ވަނީ ނިންމަވާފައެވެ.

            

ޖަލްސާގެ އެޖެންޑާ

  • 2020 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް އިއްވުން
  • 2021 ވަނަ އަހަރުގެ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ރޭވިފައިވާ މަސައްކަތްތައް ހާމަކުރުން

 

ވީމާ، މިޖަލްސާއަށް ވަޑައިގެންދެއްވުމަށް ކިނބިދޫގެ އެއްމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.

     މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

 

                02 ޛުލްޙިއްޖާ     1441 

                23 ޖުލައި       2020

23 ޖުލައި 2020
ހޯދާ