ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

މަޤާމް :            މަސައްކަތު .

ވަޒީފާގެ ބާވަތް:       ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:  01 އަހަރު

ބޭނުންވާ ޢަދަދު :      01 (18 އަހަރު ފުރިފައިވުން)

ރޭންކް :            އެސް.އެސް 1

ކްލެސިފިކޭޝަން:       ސަޕޯޓް ސްޓާފް

އޮފީސް/ އިދާރާ :      ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ. 

ސެކްޝަން / ޔުނިޓް :   މުނިސިޕަލް ސަރވިސް

ވަޒީފާ އަދާ ކުރަންޖެހޭ ތަން : ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ (ކުޑަހުވަދޫ ބަނދަރު ސަރަޙައްދު)

 

ވަޒީފާގެ މަސައްކަތު ވަގުތު:

ހަފްތާއަކު 6 ދުވަހު ދުވާލަކު 8 ގަޑީއިރު. (ޝިފްޓް ޑިއުޓީ އުސޫލުން)

ހެނދުނު 06.00 ން 14.00 އަށް – 14.00 ން 22.00 އަށް

ވަޒީފާގެ މަސައްކަތު ވަގުތު – ރަމަޟާން މަހު.

ހަފްތާއަކު 6 ދުވަހު ދުވާލަކު 5 ގަޑީއިރު. (ޝިފްޓް ޑިއުޓީ އުސޫލުން)

 

މަޤާމުގެ ޝަރުޠުތައް:

1-   ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން،

2-   ގިނަވަގުތުގައި މަސައްކަތުގައި ހޭދަކުރެވޭފަދަ ފުރިހަމަ ސިއްހަތެއްގައި ހުރި މިހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާ  ވާޖިބްތަކުގެ ޙުލާޞާ.

1- އާއްމު ރައްޔިތުން ބަނދަރު ބޭނުންކުރަމުން ދަނީ ބަނދަރު ބޭނުންކުރުމަށްހަދާފައިވާ އުސޫލާއި އެއްގޮތައްތޯ މޮނީޓާކޮށް ބެލެހެއްޓުން.

2- ބަނދަރުގެ މުދާ އަރުވާ ބާލާ ސަރަހައްދަށް ޖަމާކުރެވޭ ތަކެތި ނޯޓް ކުރުން ( އުޅަނދުގެ ނަމާއި ރަޖިސްޓަރީ ނަންބަރު، މުދާ ބޭލި ގަޑިއާއި ތާރީޚް، މުދާ ބާލާ ނިމުނުގަޑި)

3- ބަނދަރު ރުއްގަހުން އުފެދޭ ކުންޏާއި، ކުނީގެ ގޮތުގައި ބެލެވޭ އެހެނިހެން ތަކެތި ކައުންސިލް އިދާރާއިން ކަނޑައަޅާ ސަރަޙައްދައް ޖަމާކުރުމާއި، ކުނިއެޅުމަށް ހާއްސަކުރެވިފައިވާ ސަރަޙައްދަށް ކައުންސިލްގެ އެހީތެރިކަމާއެކު ގެންގޮސް ނައްތާލުން.

4- ބަނދަރު ފެންއިސްކުރުބަރިއަށް ލިބޭގެއްލުމުގެ މަޢުލޫމާތު ކައުންސިލާއި ހިއްސާކުރުމާއި، ދޯނިފަހަރަށް ބަނދަރުން ފެންހޮޅި ދަމައިގެން ފެންއަޅަމުންދާއިރު މޮނީޓާކުރުން. (ފެންހޮޅި އިސްކުރުން ނެއްޓިއްޖެނަމަ އިސްކުރު ބަންދުކުރުމަށްފަހު އެކަން އިސްލާހުކުރުމަށް އެންގުން)

5-  މޫސުމާއި ގުޅިގެން ބަނދަރައް ޖަމާވާކުނި (ހުއިފަތް، ދަޅު، ފުޅި، ލަކުޑި، ކޮތަޅު) ފަދަ އެއްމެހައި ތަކެތި ނަގައި ކުނިއެޅުމަށް ހާއްސަކުރެވިފައިވާ ސަރަހައްދަށް ކައުންސިލްގެ އެހީތެރިކަމާއެކު ގެންގޮސް ނައްތާލުން.

6-  ބަނދަރު ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް ތަކެތި ބަހައްޓާނަމަ ނުވަތަ ކުނިއަޅާނަމަ އެ ފަރާތްތަކަށް އެކަން އިސްލާހް ކުރުމަށް އެންގުން.

7-  ބަނދަރައް ލެވިފައިވާ ކަރަންޓު ދޫކުރުމަށް ކައުންސިލުން ހަމަޖައްސާފައިވާ އުސޫލާއި އެއްގޮތައް އަމަލުކުރަމުންދޭތޯ ބެލުން

8-  ކަނޑު އުޅަނދު ފަހަރު ބަނދަރުގައި އެޅުމާއި، ލަފާ ފުރާ ހަދަނީ ބަނދަރު އުސޫލާއި އެއްގޮތަށްތޯ ބެލުން

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

      ތައުލީމާއި ،ތަމްރީން ، މަސައްކަތު ތަޖްރިބާ ،މަސައްކަތުގެ ހުނަރާއި ،ފެންވަރާއި ޤާބިލްކަމާ ސިފަތަށް  މިބައިތަކުން އެންމެމަތިން ސްކޯކުރާ ފަރާތް : (މެރިޓް އުޞޫލުން )

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2020 އޮގަސްޓް 11 ވަނަ  ދުވަހުގެ މެންދުރުފަހު 12.00 ގެ ކުރިން ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް  ވަޒީފާއަށްއެދޭ ފޯމުންނެވެ. ވަޒީފާއަށް އެދޭ ފޯމު މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.  އީ މެއިލްކުރައްވާނީ [email protected]  އަށެވެ.

 

އިންޓަރވިއު ޕްރެކްޓިކަލްސް އޮންނާނެ ތަނާއި ،މުއްދަތު:

             އިންޓަވިޔުއޮންނާނީ  2020 އޮގަސްޓް  12 ން ފެށިގެން 3 ދުވަހުގެ  މުއްދަތަށް ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. ވަޒީފާއަށްއެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަވަންވާނެއެވެ. އިންޓަރވިއުގެ މުއްދަތުގައި ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި، އެފަރާތެއްގެ ވަޒީފާ ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ.

 

އުޖޫރައާއި ޢިނާޔަތް ތައް :

އަސާސީ މުސާރަ:             މަހަކު 4000.00 ރުފިޔާ

އެލަވަންސް                 މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 120.00 ރުފިޔާ

މީގެ އިތުރުންވެސް އިތުރު ގަޑީގައި މަސައްކަތްކުރުވައިފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް: 

1-  ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް

2-   ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3-   ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4-   ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

5-  ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި ، މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް. ސިވިލްސާރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމް.

ނޯޓު: މި އިޢުލާނުގައި ދެންނެވިފައިވާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަޞްލާ އެއްގޮތްކަން ކަށަވަރުކުރާނީ، ހަމައެކަނި އިންޓަރވިއުއަށް ހޮވޭ މީހުންގެ ލިޔުންތަކެވެ.   އެކަން ކަށަވަރު ކުރާނީ، އިންޓަރވިއުއަށް އެމީހަކު ޙާޟިރުވާއިރު އެލިޔުންތަކުގެ އަޞްލު ގެނެސް ލިއުންތައް އޭގެ އަޞްލާ އެއްގޮތްކަމަށް ކަށަވަރުކޮށް މިއިދާރާއިން ކޮޕީ ލިޔުމުގައި ސޮއިކޮށް ތާރީޚް ޖަހައިގެންނެވެ.

ނޯޓު:  މި ވަޒިފާއަށް ނެގޭ މުވައްޒަފުންގެ މަސައްކަތައް ބަލައި މަސައްކަތައް ޤާބިލް ނަމަ މި އިދާރާއިން ބޭނުންވެއްޖެ ހިނދެއްގައި އެފަރާތެއްގެ ކޮންޓްރެކްޓް 01 އަހަރުދުވަހުގެ  މުއްދަތަށް އިތުރުކޮށްދެވޭނެއެވެ.

 

          މިއިޢުލާނާ ގުޅިގެން  މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ  6760522 / 6760667 ނަންބަރު ފޯނާ އެވެ.

 

މިއިދާރާގެ ނަންބަރު: A-381/2020/21 (21 ޖުލައި 2020) އިއުލާނު ބާތިލްކޮށް އަލުން އިއުލާންކުރީމެވެ.

23 ޖުލައި 2020
ހޯދާ