ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު : މެނޭޖަރ،

ވަޒީފާގެ ފުރުޞަތު

 

ނަންބަރު: GMIZL-HR/IUL/2020/11

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ތިރީގައި މި ދަންނަވާ މަގާމަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

  1. މަގާމު: މެނޭޖަރ، ޕްރޮޕަޓީމެނޭޖްމަންޓް

ބޭނުންވާ އަދަދު: 01

މަސްއޫލިއްޔަތު:

 

  • ތިލަފުށި އަދި ގުޅީފަޅުގެ އޮޕަރޭޝަންތައް ކުންފުނީގެ މެނޭޖްމަންޓްގެ ފަރާތުން އަންގާ ގޮތުގެ މަތިން ހިންގުން.
  • ތިލަފުށި އަދި ގުޅީފަޅުގެ މުވައްޒަފުންގެ މަސައްކަތްތައް މޮނީޓަރ ކުރުމާއި ވިލަރެސް ކުރުން.
  • ކުންފުނިން ތިލަފުށި އަދި ގުޅީފަޅުގައި ގާއިމު ކުރުމަށް ކަނޑައަޅާ ޚިދުމަތްތައް ގާއިމުކޮށް ކަނޑައަޅާ ސްޓޭންޑަރޑް އެއްގެ ތެރޭގައި ޚިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖެއްސުން.
  • ތިލަފުށި އަދި ގުޅީފަޅުގައި ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރެވިފައިވާ ފަރާތްތައް ކުންފުނިން ހަމަޖައްސާފައިވާ ގަވައިދުތަކާއި އެއްގޮތަށް އަމަލު ކުރޭތޯ ބެލުން.
  • ހެޑް އޮފީހަށް ތިލަފުށި އަދި ގުޅީފަޅުގެ އޮޕަރޭޝަންތަކާ ބެހޭ އެންމެހައި މައުލޫމާތު ސިސްޓަމެޓިކް ގޮތަކަށް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުން.

 

 

ޝަރުތު:

  • ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއި އެކު ސިނިއަރ މެނޭޖްމަންޓް ލެވަލްގައި 5 އަހަރުގެ ތަޖްރިބާ ލިބިފައިވުން، ނުވަތަ ޑިޕްލޮމާ ލެވަލްގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު ސިނިއަރ މެނޭޖްމަންޓް ލެވަލްގައި 8 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ނުވަތަ އޯލެވެލް ފެންވަރު ހުރުމާއި އެކު ސިނިއަރ މެނޭޖްމަންޓް ލެވަލްގައި 10 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
  • ދިވެހި އަދި އިނގިރޭސި ބަހުން ރީތިކޮށް އަދި ހަރުދަނާކޮށް މުޢާމަލާތްކުރަން އެނގުން.
  • މަސައްކަތުގެ މާހައުލުގައި ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.
  • ތިލަފުށި އަދި ގުޅީފަޅުގައި މަސައްކަތް ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.
  • ތިލަފުށި އަދި ގުޅީފަޅުގައި ސްޓޭޝަންވެ ހުރެ މަސައްކަތްކުރުމަށް އުޒުރުވެރިވާ ފަރާތެއްކަމުގައ ނުވުން.

 

 

މުސާރަ:

  • ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

 

    މި މަޤާމްތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 29 ޖުލައި 2020 ގެ 15:00 ގެ ކުރިން ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. އެޕްލިކޭޝަން ފޮނުއްވަން ވާނީ [email protected] އީމެއިލް އަށެވެ.

 

  • ވަޒީފާއަށް އެދޭ ފޯރމް (ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ވެބްސައިޓްއިން އަދި ހެޑް އޮފީހުން ލިބެން ހުންނާނެއެވެ)
  • ސީ.ވީ.
  • ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ސައިޒް ފޮޓޯއެއް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.

 

 

 

ހިއުމަން ރިސޯސަސް ސެކްޝަން

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް

4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3307513 ، ފެކްސް: 3307514

23 ޖުލައި 2020
ހޯދާ