އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އއ.އުކުޅަހު ޞިއްޚީމަރުކަޒުން ލެބޯޓްރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލް އއ.އަތޮޅު ހޮސްޕިޓަލަށް ގެނައުމާއި ބެހޭ

މިއަތޮޅު އުކުޅަހު ޞިއްޚީމަރުކަޒުން ލެބޯޓަރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އއ.އަތޮޅު ހޮސްޕިޓަލަށް ގެނައުމާއި އަނބުރާ ގެންދިއުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

 

             އއ.އުކުޅަހު ޞިއްޚީމަރުކަޒުން ލެބޯޓްރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އއ.އަތޮޅު ހޮސްޕިޓަލަށް ގެނައުމާއި އަނބުރާ ގެންދިއުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުސޫލުން 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއެވެ.

 

            ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި މި ހޮސްޕިޓަލް އޮފީސް ނުވަތަ އއ.އުކުޅަހު ޞިއްޚީމަރުކަޒަށް ވަޑައިގެން ނަންނޯޓް ކުރުމާއި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

ނަންނޯޓް ކުރެއްވުން

23 ޖުލައި  2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 12 އޮގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ހެނދުނު 10:00 ން 11:00 އާއި ދެމެދު ރަސްމީ ދުވަސްތަކުގައި

މަޢުލޫމާތު ދިނުން

16 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 

އަންދާސީ ހިސާބު ހުށައެޅުން

19 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ ހެނދުނު  10:00

 

         މި އިޢުލާނާއި ގުޅިގެން ނަންނޯޓް ނުކުރާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6660645 ނުވަތަ 6660859 އަށް ގުޅުއްވުން އެދެމެވެ.

22 ޖުލައި 2020
ހޯދާ