ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު މީހަކު ހޯދުމަށް

އިޢުލާނު

މަޤާމު:

މަސައްކަތު

މަޤާމުގެ ނަންބަރު:

J-222143

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ

މުސާރަ:

3,100/- (ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

1,000/- (އެއްހާސް ރުފިޔާ)

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް 1,200/- (ބާރަ ސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާ އާއި ކައުންސިލުން ބަލަހައްޓަމުން ގެންދާ އެހެން އިމާރާތްތައް ފޮޅާ ސާފުކުރުން
  2. ކައުންސިލް އިދާރާއިން އެކި ފަރާތްތަކާއި ހަވާލުކުރުމަށް ތައްޔާރުކުރާ ސިޓީތައް އެފަރާތްތަކަށް ރައްދުކޮށްދިނުން
  3. ފައިލް ކުރަންޖެހޭ ލިޔެކިއުންތައް ފައިލް ކުރުމުގައި އެހީތެރިވެދިނުން
  4. ރަސްމީގަޑީގައި އޮފީސް ބަންދު ކުރާއިރު ކައުންސިލް އިދާރާގެ ބޮޑު ދޮރުތަކާއި ކުޑަދޮރުތައް އަދި ފެންލައިޓް ހުރީ ރަނގަޅަށް ތަޅުލެވިފަތޯ ބެލުމަށްފަހު އެތަންތަން ތަޅުލުން
  5. ކައުންސިލް އިދާރާއިން ކުރާ އިޢުލާންތަކާއި ދެންނެވުންތައް ހާއްސަ ކުރެވިފައިވާ ތަންތަނުގައި ބެހެއްޓުން
  6. ފައިލު ކުރެވިފައިވާ ލިޔުންތައް އިދާރީ މުވައްޒަފުންނަށް ހޯދައި ދިނުމުގައި އެހީތެރިވެދިނުން
  7. ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަކެތި އެކި އެކި ފަރާތްތަކަށް ދޫކުރުމުގައާއި އެތަކެތި އަނބުރާ ހަވާލުވުމުގައި އެހީތެރިވެދިނުން
  8. ކައުންސިލް އިދާރާއިން އެކި ފަރާތްތަކަށް އަންގާ އެންގުންތައް އަންގަންޖެހޭ ފަރާތްތަކަށް އެންގުމުގައި އެހީތެރިވެދިނުން
  9. ކައުންސިލް އިދާރާއި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަގައި އަނދާފައިވާ ބޮކި ހޮޅިބުރި ފަދަ ތަކެތި ބަދަލުކުރުން
  10. ރަސްމީގަޑީގައި އޮފީސް ބަންދު ކުރުމުގެ ކުރިން އޭ.ސީ، ފަންކާ، ލައިޓް، ދޮރުތައް ހުރީ ރަނގަޅަށް ތަޅުލެވިފައިވޭތޯ ބަލައި ޗެކް ކުރުން
  11. އެކިފަރާތްތަކުން ކައުންސިލް އިދާރާއަށް ފޮނުވާ ތަކެތި / ހަދިޔާކުރާތަކެތި އޮފީހަށް ގެނެސް ހަވާލުކުރަންޖެހޭ ފަރާތަކާއި ހަވާލުކުރުން
  12. މުވައްޒަފުންނަށް އަންގާ އެންގުންތައް އެންގުމުގައި އެހީތެރިވެދިނުން
  13. ސްކޭން ކުރަންޖެހޭ ލިޔުންތައް ސްކޭން ކުރުމުގައި އެހީތެރިވެދިނުން
  14. ކައުންސިލް އިދާރާގައި ބައިންޑްކުރުމާ، ލެމިނޭޓް ކުރުން ފަދަ ކަންކަމުގައި އެހީތެރިވެދިނުން
  15. ކައުންސިލް އިދާރާއިން ދަޢުވަތުދެވޭ އެކި ފަރާތްތަކަށް ދަޢުވަތު ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން
  16. ކައުންސިލް އިދާރާއަށް ގަންނަން ބޭނުންވާ ތަކެތި އަގުބެލުމުގައި އެހީތެރިވެދިނުން
  17. ކައުންސިލް އިދާރާއަށް ގަންނަތަކެތި ފިހާރަތަކުން ނަގުމާއި އެތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކުރުން
  18. ކައުންސިލް އިދާރާއާއި އިދާރާގައި ބޭނުންކުރާ ޓޫލްސް، މެޝިނަރީޒް، ފަރުނީޗަރ ފަދަ ތަކެތީގެ އާންމު ކުދި މަރާމާތުތައް ކުރުމުގައި އެހީތެރިވެދިނުން
  19. ކައުންސިލް އިދާރާގައި ބޭއްވޭ އެކި އެކި ބައްދަލުވުންތަކުގެ ރިފްރެޝްމަންޓް ހަޖެއްސުމުގައި އެހީތެރިވެދިނުން
  20. ކައުންސިލް އިދާރާގެ އެއްޔުނިޓުން އަނެއް ޔުނިޓާއި ހަވާލުކުރުމަށް ދެވޭ ތަކެތި ޔުނިޓްތަކާއި ހަވާލުކުރުން
  21. އިދާރީ މުވައްޒަފުން ކުރާ އެކި ކަންކަމުގައި އެފަރާތަކުން އެދިއްޖެ ހިނދެއްގައި އެހީތެރިވެދިނުން
  22. ކައުންސިލް އިދާރާއިން އެކިފަރާތްތަކަށް ފޮނުވާ ފެކްސް ފޮނުވުމުގައި އެހީތެރިވެދިނުން
  23. ނައިފަރު ކައުންސިލް އިދާރާއާއި ނައިފަރު ކައުންސިލް އިދާރާއިން ބަލަހައްޓަމުންގެންދާ އިމާރާތްތަކުގެ ގޯތިތެރޭގައި އިންދާ ހައްދާފައިވާ ގަސްތައް ފެންދީ ބެލެހެއްޓުން
  24. ކައުންސިލް އިދާރާއަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުމުމާއި އެފަރާތްތައް ހަވާލުކުރަނަޖެހޭ ފަރާތްތަކާއި ހަވާލުކުރުން
  25. ހަވާލުކުރެވޭ މަސައްކަތްތަކާއި ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  26. ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގާ އެހީތެރިވެދިނުން.
  27. ކައުންސިލްއިދާރާގެ އަދި ޔުނިޓްގެ މަސައްކަތުގެ ތެރެއިން ޚާއްޞަ ހާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  28. ކައުންސިލް އިދާރާގެ މަސައްކަތުގެ ތެރެއިން ޔުނިޓްހެޑް ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެނގުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓުފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)    މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ލިބިފައިވާ ތަޢުލީމް

21%

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

5%

މަގާމުގެ މަސައްކަތުގެ ދާއިރާއާގުޅޭ ތަޖުރިބާ

26%

އިންޓަރވިއު

48%

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 އޮގަސްޓް 2020 ގެ 12:00 ގެ ކުރިން، އީ-މެއިލް މެދުވެރިކޮށް ([email protected]) ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 13 އޮގަސްޓް 2020 އާއި 18 އޮގަސްޓް 2020 އާ ދެމެދު، ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7790027 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

22 ޖުލައި 2020
ހޯދާ