މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްކޫލް ވޮޝް ޕްރޮގްރާމް" ގެ ދަށުން ސްކޫލްތަކުގެ ކުލާސްރޫމްތަކަށް އަތްދޮންނަ ސައިބޯނި ހޯދުމާގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ޔުނިސެފްގެ އެހީގައި މިމިނިސްޓްރީން ކުރިއަށްގެންދާ "ސްކޫލް ވޮޝް ޕްރޮގްރާމް" ގެ ދަށުން ސްކޫލްތަކުގެ ކުލާސްރޫމްތަކަށް 12,500އަތްދޮންނަ ސައިބޯނި ފުޅި (500ml) ހޯދުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު: IUL)22-PU/22/2020/51) އިޢުލާނާއި ގުޅިގެން ބީލަން ކާމިޔާބުކުރި ފަރާތުން ހުށަހަޅާފައިވާ މުއްދަތުގައި ތަކެތި ސަޕްލައި ކޮށްފައިނުވާތީ ، އެއިޢުލާން ބާތިލް ކުރުމަށްފަހު މިތަކެތި ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2020 ޖުލައި 22 ން 2020 އޮގަސްޓް 03 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

    ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://bit.ly/2Y3cevP

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020  އޮގަސްޓް 04 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 6 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2020 އޮގަސްޓް 06 ވަނަ ދުވަހުގެ 11:00 ގައިމިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް 1 ގައެވެ. 
  3. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.ރަޖިސްޓްރީ ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ޕްރޮކިއުމަންޓް ސެކްޝަން

    މިނިސްޓްރީ އޮފް އެޑިޔުކޭޝަން

    ވެލާނާގެ، 8 ވަނަ ފަންގިފިލާ

    އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

    ފޯން:  9997721, 9715353

    އީ-މެއިލް: [email protected]

    ކޮޕީ-މެއިލް: [email protected]

    ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://bit.ly/2Y3cevP

22 ޖުލައި 2020
ހޯދާ