އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ލޯން އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

މަޤާމް:  ލޯން އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

މަޤާމުގެ ބާވަތް: ދާއިމީ

ބޭނުންވާ ޢަދަދު: 1

މަޤާމުގެ ޝަރުތު:

 1. މަޤާމާގުޅޭ ދާއިރާއަކުން ޑިޕްލޮމަރ ޙާޞިލުކޮށްފައިވުން، ނުވަތަ
 2. ޖީ.ސީ.އީ އޭ ލެވެލް ނިންމާފައިވުމާއެކު މަސައްކަތާގުޅޭ ދާއިރާއަކުން 01 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 1. ލޯނު ލިބޭ ފަރާތްތަކަށް، ލޯނު ލިބުނުކަމުގެ ސިޓީ ތައްޔާރުކޮށް ފޮނުވުމުގެ މަސައްކަތްކުރުން.
 2. މޯގޭޖް އެގްރީމެންޓްސް ތައްޔާރުކުރުމާއި ކޯޓުމަރުހަލާގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
 3. މޯގޭޖް އެގްރީމެންޓް ރެޖިސްޓްރީކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
 4. ކަސްޓަމަރުންގެ ލޯނު އެކައުންޓާގުޅޭ އެންމެހާ ރެކޯޑުތައް ފުރިހަމަކޮށް ބެލެހެއްޓުން.
 5. ލޯނު ނަގާފައިވާ ކަސްޓަމަރުންނާގުޅޭ މަޢުލޫމާތުތައް ހޯދުމަށް ފައިނޭންސް އަދި ކްރެޑިޓް ޑިޕާޓްމެންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
 6. ކަސްޓަމަރުންގެ ސައިޓުތަކަށް ޒިޔާރަތްކޮށް މަސައްކަތް ކުރިއަށްދާގޮތުގެ އިންސްޕެކްޝަން ހެދުން.
 7. ކަސްޓަމަރުންގެ ފަރާތުން އަންނަ ޝަކުވާތަކަށް ޖަވާބުދީ، އެފަދަ ޝަކުވާތައް ޙައްލުކުރުން.
 8. ލޯން އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓްގެ ރިކޯޑްސްތައް ޙަވާލުކުރެވޭ ގޮތެއްގެމަތިން ބެލެހެއްޓުމާއި ފައިލް ކުރަންޖެހޭ ރިކޯޑްތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.
 9. ލޯން އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓްގައި ކުރަންޖެހޭ އެހެނިހެން މަސައްކައްތައް ޙަވާލުކުރެވޭގޮތެއްގެމަތިން ކުރުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 1. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން.
 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ. (ތަޖުރިބާ ހުރިކަމަށް ބެލޭނީ ވަޒީފާއަދާކުރި/ކުރަމުންދާ ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ ހުށަހަޅާފައިވާނަމައެވެ.)
 3. މުޢާމަލާތް ކުރުމުގެ ހުނަރު (ދިވެހިބާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރެވޭ މިންވަރު).
 4. މައިކްރޮސޮފްޓް އެޕްލިކޭޝަންސް ފަރިތަކަމާއެކު ބޭނުންކުރަންއެނގޭ މިންވަރު.
 5. މަސައްކަތާގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު. 

މުސާރައާއި ޢިނާޔަތްތައް:

 • 8,000ރ އާއި 12,000ރ އާއި ދެމެދު.

މަސައްކަތްކުރަންޖެހޭ ގަޑި:

 • ހެނދުނު 08:00 އިން ހަވީރު 16:00 އަށް.

ހުށަހަޅަންޖެހޭ ތަކެތި:

 • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
 • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.
 • ވަޒީފާއަދާކުރި/ކުރަމުންދާ ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ.
 • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

އެޕްލިކޭޝަން ހުށަހަޅަންވީ ގޮތާއި ސުންގަޑި:

 • މި މަޤާމަށް އެދި ސިޓީ ފޮނުއްވާނީ 05 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މި ކޯޕަރޭޝަންގެ އީމެއިލް: [email protected] އަށެވެ. އެޕްލިކޭޝަންސް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އީމެއިލްއިންނެވެ.

މި ވަޒީފާއާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 09:00–14:00 ދެމެދު 3026015 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

22 ޖުލައި 2020
ހޯދާ