ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލު 'މައިކްރޯސްފްޓް އޮފީސް 365 ބިޒްނަސް ޕެކޭޖް' ލައިސެންސް ހޯދުމާއިބެހޭ

ހުޅުމާލެ ހޮސްޕިޓަލު 'މައިކްރޯސްފްޓް އޮފީސް 365 ބިޒްނަސް ޕެކޭޖް' ލައިސެންސް ހޯދުމާއިބެހޭ 

 ނަމްބަރު:TENDER/HMH/2020/021

 

ހުޅުމާލެ ހޮސްޕިޓަލުގައި ބޭނުން ކުރަމުންދާ Microsoft Office 365 Business Package ގެ ލައިސެންސްގެ މުއްދަތު ހަމަވެފައިވާތީ ލައިސެންސް ރިނިއުކޮށް  ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ތިރީގައި މިވަނީ ބޭނުންވާ އައިޓަމްގެ ތަފްސީލެވެ.

ހޯދަން ބޭނުން ތަކެތީގެ ތަފްސީލް:

 

Quantity

Item

50 (users)

Office 365 Business Package License(Renewal)

 

އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  • މަތީގައި ދީފައިވާ މަޢުލޫމާތާއި އެއްގޮތްވާގޮތުގެމަތީން އައިޓަމްތަކަށް އަގު ހުށަހެޅުން.
  • އަގު ހުށަހަޅުއްވާނީ 50 ޔޫސާރސް ގެ ލައިސެންސް އާކުރުމަށް (ރިނިއުވަލް) އަށެވެ.
  • ކޮންމެ ލައިސެންސްގެ މުއްދަތަކީ (ވެލިޑިޓީ) 1 (އެކެއް) އަހަރު ކަމުގައި ވާންވާނެއެވެ.
  • މަތީގައި ދެންނެވިފައިވާ ފަދައިން ޕްރޮޕޯސަލް ހުށަހަޅަންވާނީ ‘Microsoft Office 365 Business Package’ ލައިސެންސް ރިނިއުވަލް އަށެވެ.
  • ހޮސްޕިޓަލުން ބޭނުންވެއްޖެނަމަ، ލައިސެންސް އިންސްޓޮލޭޝަން ނުވަތަ ކޮންފިގަރޭޝަންގެ މަރުހަލާގައި ޓެކްނިކަލް ސަޕޯޓުދޭންވާނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި

  • އަންދާސީ ހިސާބު
  • ސަޕްލައިކޮށްދެވޭނެ އަގު
  • ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 30 ދުވަސް ވާންވާނެއެވެ.
  • ކުންފުނީގެ މައުލޫމާތު
  • ކުންފުނީގެ ޕްރޮފައިލް (ފުރިހަމަ އެޑްރެސް، ފޯނު، ފެކްސް އަދި އީމެލް އެޑްރެސް ހިމަނަންވާނެއެވެ)
  • ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ
  • ޖީ އެސް ޓީ ރަޖިސްޓްރޭޝަން ކޮޕީ
  • ވޭތުވެދިޔަ ތިން މަސްދުވަހުގެ އޮރިޖިނަލް ބޭންކް ސްޓޭޓްމަން ( ބޭންކްގެ ތައްގަނޑު ޖަހާފައިވާ) ނުވަތަ  2018 ވަނަ އަހަރުގެ އޯޑިޓް ރިޕޯރޓް (އިންޑިޕެންޑެންޓް އޮޑިޓަރެއްގެ)ހުށަހަޅަން  ވާނެއެވެ.

 

  • މަސައްކަތުގެ  ތަޖްރިބާ ހުރިމިންވަރު ދެނެގަތުމަށް ލިޔުން ހުށަހެޅުން
  • ވޭތުވެދިޔަ 18 (އަށާރަ) މަސްދުވަހު މަސައްކަތާއި ގުޅުންހުރި (އައިޓީ އާއި ގުޅުންހުރި ތަކެތި ފޯރުކޮށްދިނުން) ގޮތުން ކޮށްފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުންތައް (އެމަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުންތައް) ހުށަހެޅުން.

( މުހިއްމު ނޯޓް: އަގުތައް ނުހުއްނަ ލިޔުންތައް ބަލައި ނުގަނެވޭއެވެ.)

 

އަގު

80 ޕޮއިންޓް

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް (ޕްރޯރާޓާ އުސޫލުން)

މުއްދަތު

20 ޕޮއިންޓް

ތަކެތި ޑެލިވަރީކުރުމަށް ހުށަހަޅާ އެންމެ ކުރުމުއްދަތަށް އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް (ޕްރޯރާޓާ އުސޫލުން)

 

އަންދާސީ ހިސާބު ހުށަހަޅާނެގޮތް

  ސީލް ކުރެވިފައިވާ ސިޓީ އުރައެއްގައި ތިރީގައި މި ދަންނަވާ ފޯމެޓްގައި.

BID REFERENCE: TENDER/HMH/2020/021
Hulhumalé’ Hospital
Huvandhumaa Hingun, Hulhumalé
+960 3350113

ބީލަން ހުށަހެޅުން

ވީމާ މިތަކެތި ސަޕްލައިކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 28 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި ހުޅުމާލެ ހޮސްޕިޓަލުގެ މީޓިންގް ރޫމަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 ނޯޓު:

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350113 / 3350111 އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

21 ޖުލައި 2020

 

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

21 ޖުލައި 2020
ހޯދާ